Ads by Stelco

ޚަބަރު

މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެންނަން ނޫޅެން: އެމްއޭސީއެލް

މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެންނަން ނޫޅެން: އެމްއޭސީއެލް

އެމްއޭސީއެލްގެ އައު ޓާމިނަލް

farudhun logo

ފަރުދުން

20 ޖުލައި 2025، 04:27

20 ޖުލައި 2025، 04:27

ޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ  މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ފަތުރަމުން އަންނަނީ ދޮގު ވާހަކައެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލް އިން މިއަދު ނެެރުނު ނޫސްބަޔާނެއްގައި ވަނީ މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ރެޔާއިދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި  ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ބުނެފައެެެވެ. މިފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި ކުންފުނިން ކޮށްފައި ނުވާ ކަމާއި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއްކުންފުނިން ނުގެންގުޅޭ ވާހަކަ އެމްއޭސީއެލް އިން ބުނެފައިވެ އެވެ. 

އެމްއޭސީއެލް އިން ވަނީ ކުރިއަށް އޮތްތަނުގައިވެސް އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުންއައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި،ކުންފުނިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

 މި ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންކަމުގައިވާހިނދު، މި ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކުންފުނީގެ މުއައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށްވެސް މި ފުރުޞަތުގައި ޔަގީންކޮށް އަރުވަން

 މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް އެ ފަރާތްތަކުގެ ވާހަކަތައް ބައްޓަންކުރުމަށް އެމްއޭސީއެލް އިން އެދިފައިވެ އެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަން ވާނީ ކަންކަމުގެ ޙަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މަޢުލޫމާތާއެކުގައި ކަމަށް ޤަބޫލުކުރާ ވާހަކަވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. 

އެމްއޭސީއެލް އިން ވަނީ މި ފުރުޞަތުގައި  މުވައްޒަފުންގެ ފަރާތުން، ކުންފުންޏަށް ލިބެމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް،  ޝުކުރު އަދާކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން