ސައިންސް

ޗެޓްޖީޕީޓީގެ ސަބަބުން އިންސާނުންގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅިއަށް ބަދަލު އަންނަ ކަމަށް ދައްކައިފި

ޗެޓްޖީޕީޓީގެ ސަބަބުން އިންސާނުންގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅިއަށް ބަދަލު އަންނަ ކަމަށް ދައްކައިފި

އޭއައި ކުރެހުމެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖުލައި 2025، 04:03

20 ޖުލައި 2025، 04:03

ޗެޓްޖީޕީޓީއަކީ އުފެއްދުންތެރިކަމުގެ އެހީތެރިއެއްގެ ގޮތުގައި  ބޭނުންކުރާ ވަސީލަތެއްގެ ގޮތުން ނުވަތަ މައުލޫމާތު ހޯދާ ވަސީލަތެއް ގޮތުން ނުވަތަ ވާހަކަދައްކާ ބައިވެރިއެއްގެ ގޮތުން ކުރިއަރަމުން އަންނައިރު، މީހުން އެކަކު އަނެކަކާ މުޢާމަލާތްކުރާ ގޮތް މިވަނީ ބަދަލުވަމުން އައިއްސައެވެ. ޖަރުމަނުގެ ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި މި ބަދަލަކީ ރަނގަޅު ބަދަލެއް ނުވަތަ ނުރަނގަޅު ބަދަލެއް ކަމަށް ވިޔަސް، އިންސާނުންގެ މުޢާމަލާތްތަކަށް މިއަންނަނީ ބޮޑު ބަދަލެކެވެ.

މެކްސް ޕްލޭންކް އިންސްޓިޓިއުޓް ފޯ ހިއުމަން ޑިވެލޮޕްމަންޓް އިން ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި، މިހާރު މީހުން ވާހަކަ ދައްކަން ފަށާފައިވަނީ ޗެޓްޖީޕީޓީއާ އެއްގޮތަށެވެ. މީގެ ސަބަބުން، ވާހަކަ ދެއްކުމުގެ ތެރޭގައި އޭއައި ޗެޓްބޮޓަކާއި ހަގީގީ އިންސާނެއް ވަކިކުރުމަކީ ދަތިކަމަކަށް ވެފައިވެއެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ފާއިތުވެގެން ދިޔަ 18 މަސްދުވަހުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަރާތްތަކުން ޗެޓްޖީޕީޓީ ބޭނުންކުރަމުން އަންނައިރު، މިހާރު ގިނައިން ބޭނުންކުރަނީ "ޖީޕީޓީ ވޯޑްސް" ގެ ގޮތުގައި ފާހަގަކުރެވޭ ބަސްތަކާއި ޢިބާރާތްތަކެވެ. މިއީ ކުރިން ފާހަގަކުރެވިފައިނުވާ ކަމެކެވެ.

ދިރާސާކުރި ފަރާތްތަކުން ވަނީ އެތައް މިލިއަން އީމެއިލްތަކާއި، މަޒުމޫނުތަކާއި، އެކަޑަމިކް ޕޭޕަރުތަކާއި، ޚަބަރުތައް ޗެޓްޖީޕީޓީއަށް އަޕްލޯޑްކޮށް، އެތަކެތި ރަނގަޅުކޮށްދިނުމަށް އެދިފައެވެ. ދެން އޭއައި ގިނައިން ބޭނުންކުރި ބަސްތައް އެނަލައިޒްކޮށްފައިވެއެވެ. މި ބަސްތައް ވަނީ 360,000 ޔޫޓިއުބް ވީޑިއޯތަކުންނާއި 771,000 ޕޮޑްކާސްޓް އެޕިސޯޑްތަކުން ޓްރެކްކޮށްފައެވެ.

ދިރާސާކުރި ފަރާތްތަކުން ވަނީ ޗެޓްޖީޕީޓީ ނެރުމުގެ ކުރިންނާއި ފަހުން ޔޫޓިއުބް ވީޑިއޯތަކާއި ޕޮޑްކާސްޓްތަކުގައި ބޭނުންކޮށްފައިވާ ބަސްތައް އަޅާކިޔާފައިވާއިރު، އެމީހުންނަށް ފެނުނު ކަންތައްތަކަކީ ހައިރާންކުރުވަނިވި ކަންތައްތަކެކެވެ. އިނގިރޭސި ބަހުގައި "ޖީޕީޓީ-ސްޓައިލް ލޭންގުއޭޖް" ބޭނުންކުރުން ފާހަގަކުރެވޭ ވަރަށް އިތުރުވެފައިވެއެވެ.

ދިރާސާކުރި ފަރާތްތަކުން ބުނާ ގޮތުގައި، އޭއައި ޓެކްނޮލޮޖީގައި ހިމެނޭ މުޢާމަލާތުގެ ވައްޓަފާޅި މިހާރު އިންސާނުންގެ ހިތްތަކަށް  އަންނަނީ ކަމަށް ފެނެއެވެ. އެމީހުން ނިންމާފައިވަނީ، ގިނަ ބަޔަކު މިހާރު އޭއައިއަށް ހޭނިފައިވާ ކަމަށާއި، މިއީ އިންސާނުންގެ ސަގާފަތަށްވެސް ބަދަލުތަކެއް ގެނުވަމުންދާ ކަމެއް ކަމަށެވެ.

                    

                    

Ads by MSS

މި ލިޔުން ކިޔާލުމުން