Ads by Stelco

ޚަބަރު

"ޚިޔާލުތަފާތުވުންތައް ހައްލުކުރުން" މިނަމުގައި އިސްރަށްވެހީންނަށް ޚާއްސަ ސެޝަންއެއް

"ޚިޔާލުތަފާތުވުންތައް ހައްލުކުރުން" މިނަމުގައި އިސްރަށްވެހީންނަށް ޚާއްސަ ސެޝަންއެއް

އިސްރަށްވެހިންނަށް ލޯތްބާއިއެކު ހަރަކާތުގެ ތެރެއިން ފޮޓޯ:ޔޫއެންއެފްޕީއޭ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖުލައި 2025، 03:39

20 ޖުލައި 2025، 03:39

މުޖުތަމަޢުގައި އިސްރަށްވެހީންގެ ދައުރު ފުޅާކުރުމާއި، އެބޭފުޅުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން، "ޚިޔާލުތަފާތުވުންތައް ހައްލުކުރުން" މި ނަމުގައި ޚާއްސަ ސެޝަންއެއް ބާއްވަން ނިންމައިފިއެވެ. މި ސެޝަން އިންތިޒާމުކުރަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެންނެވެ.



މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވާ ބުދަދުވަހު، އިސްރަށްވެހީންގެ ނާދީގައެވެ. ހަވީރު 16:00 ން ފެށިގެން 17:30 އާ ހަމައަށް ކުރިއަށްދާ މި ސެޝަންގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ފުރުޞަތުމިހާރު ވަނީ ހުޅުވާލާފައެވެ.

މި ސެޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 7925704 ނަންބަރަށް ނަމާއި އުމުރު ފޮނުއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. 

                    

Ads by MSS

މި ލިޔުން ކިޔާލުމުން