ވިޔަފާރި / ޚަބަރު

މިފްކޯއިން އިއްޔެ މަސްވެރިންނަށް 2.5 މިލިއަން ފައިސާ ދޫކޮށްފި

މިފްކޯއިން އިއްޔެ މަސްވެރިންނަށް 2.5 މިލިއަން ފައިސާ ދޫކޮށްފި

ފޮޓޯ: މިފްކޯ

farudhun logo

ފަރުދުން

20 ޖުލައި 2025، 01:12

20 ޖުލައި 2025، 01:12

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އަށް މަސް ކިރާފައިވާ 47 ދޯންޏަކަށް 2.5 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން މިއަދު ބުނީ، މި ފައިސާއަކީ މިމަހުގެ 17 ވަނަ ދުވަހު މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް ދޫކޮށްފައިވާ ފައިސާ ކަމަށެވެ.  މިފްކޯއިން ބުނީ، މި 47 ދޯންޏަށް ދޫކޮށްފައިވާ ފައިސާގެ އަދަދު ޖުމްލަ 2,549,319.78 ރުފިޔާއަށް އަރާ ކަމަށެވެ.

މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފަށައިގެން މިފްކޯ އިން އަންނަނީ މި ވަޢުދު ފުއްދުމަށްޓަކައި، މަސްވެރިން ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދައްކަމުންނެވެ. 

 ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް މަސްވެރިކަން ހެދުން ކަމަށްވާއިރު، މި ސިނާޢަތަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން