ކޮލަމް

ފިނިފެންމާ ގަހަށް ޖެހޭ ބަލިތަކަށް ދުރާލާ ސަމާލުވާނީ ކިހިނެތް؟

ފިނިފެންމާ ގަހަށް ޖެހޭ ބަލިތަކަށް ދުރާލާ ސަމާލުވާނީ ކިހިނެތް؟

ފިނިފެންމަލަކީ ދިވެހިރާއްޖޭގެ ޤައުމީ މަލެވެ.

farudhun logo

ފަރުދުން

20 ޖުލައި 2025، 01:12

20 ޖުލައި 2025، 01:12

ހުލާސާ


ކޮންމެ ވައްތަރެއްގެ ގަހެއް ހެއްދި ކަމުގައިވިޔަސް، ތަފާތު ވައްތަރުގެ ބަލިތަކާއި ކުރިމަތިވެ އެވެ. އެހެންނަމަވެސް ދުރާލާ ދެނެގަނެވިއްޖެނަމަ ގަސްތަކަށް ޖެހޭ ބަލިތަކުން ގަސްތައް ސަލާމަތްކުރުމަށް މަގުފަހިވެއެވެ. ފިނިފެންމަލަކީ ވެސް ހައްދަން ފަސޭހަ ގަހެކެވެ. މި ލިޔުމުގައި މި ބަލާލަނީ ފިނިފެންމާ ގަހަށް ޖެހޭ ބަލިތަކަކަށް ދުރާލާ ސަމާލުވާނީ ކިހިނެތްކަމާއި ބެހޭގޮތުންނެވެ.

ފިނިފެންމާ ގަސް ހައްދާއިރު އެއްތަނެއްގައި ގިނަ ގަސް ހެއްދުމަށްވުރެ ބަލިތަކާއި ދުރުވަނީ އެހެން ވައްތަރުގެ މާގަސްތަކުގެ ތެރޭގައި ފިނިފެންމާ ގަސް ހެއްދުމުންނެވެ. އެހެންނަމަވެސް އަަހަރެމެންގެ ލޯތަކަށް ބަލާލަން ރީތި ވަނީ، ހިތްގައިމު ވަނީ އެއްތަނެއްގައި ގިނައިން ފިނިފެންމާ ހައްދާފައި ހުރުމުންނެވެ. މި ގޮތަށް ފިނިފެންމާ ގަސް ހައްދާނަމަ ވަރަށް ބޮޑަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެއެވެ.

ފިނިފެންމާ ގަހަށް ދިމާވާ މައްސަލަތައް ދިމާވުމުގެ ކުރިން މައްސަލަ ހައްލުކުރުން

އެންމެ ފުރަތަމަ މައްސަލަ ދިމާވުމުގެ ކުރިން އެކަމަށް ފުރިހަމައަށް ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ގަސް އިންދާތަނާއި ގަސް ޚިޔާރުކުރުން ވަރަށްބޮޑު ދައުރެއް އަދާކުރެއެވެ. ފިނިފެން މަލަކީ ފަސްގަނޑުގައި މާބޮޑަށް ފެން ގިނަވެއްޖެނަމަ މައްސަލަތައް މެދުވެރިވާ ބާވަތުގެ ގަހެކެވެ. އެހެންކަމުން މާ ތެތް ބޮޑު ނޫން ބިންގަޑެއް ޚިޔާރުކުރުން ވަރަށް މުހިންމެވެ. އަދި ރާއްޖޭގައި ހެއްދޭނެ ވެރައިޓީ އެއްގެ ގަސް ހެއްދުންވެސް މުހިންމެވެ.


ގަސްތައް ސިއްޙަތު ރަނގަޅުކޮށް ހުރުން ވަރަށް މުހިންމެވެ. މިކަމަށްޓަކައި ކުރެވިދާނެ ކަންކަމަކީ ގަސްތަކަށް ބޭނުންވާ ވަރަށް ބޭނުންވާ ވަގުތުގައި ކާނާ ފޯރުކޮށްދިނުމެވެ.  އެގޮތުން ފަސްގަނޑު ހިކޭ މިންވަރުބަލައި ފެންދޭންވާނެއެވެ. އަދި ގަސް ކާނާ މަހަކު އެއްފަހަރު އެޅުން ރަނގަޅެވެ. ފިނިފެންމަލަށް އެންމެ ރަނގަޅީ އޯގަނިކް ނުވަތަ ގުދުރަތީ ގަސްކާނާއެވެ. މާ އަޅާ މޫސުމުގައި މާގިނައިން ނައިޓްރޮޖަން އެކުލެވޭ ކާނާ ނުދިނުމަަށް ސަމާލުކަންދޭށެވެ.


ބަލިޖެހިގެން ގަސްދޮށަށް ވެއްޓިފައި ހުންނަ ފަތްތައް ހިފާ ސާފުކުރާށެވެ. އެއީ ހިކިގެން ވެއްޓިފައި ހުންނަ ފަތްތަކުގައި ދިރޭތަކެތި އުފެދި އޭގެ ސަބަބުން ބަލި ފެތުރިދާނެކަމަށްޓަކައެވެ. ގަހަށް ބައްޔެއް ޖެހުނުކަން އެނގުމުން ބައްޔާއި ގުޅޭ ބޭހެއް ބޭނުންކުރުމަށް ވެސް ސަމާލުވާންވާނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން