ކޮލަމް / ސައިންސް
ލުނބޯފެން ހުސްބަނޑާ ހުރެ ބޮއެގެން މިއުނދަގޫތައް ވެދާނެ!

ލުނބޯ ފެން
ލުނބޯ މިއީ ވިޓަމިން ސީ އިން މުއްސަނދި އެއްޗެކެވެ. އަދި ލުނބޯ ފެނަށް އަޅައިގެން ބުއިމަކީ ގިނަ ފަހަރަށް ސިއްހަތަށް ފައިދާ ހުރި އާދައެއްގެ ގޮތުގައި ބެލެވެއެވެ. ނަމަވެސް، ލުނބޯ ފެނުން ވަކި ފައިދާތަކެއް ލިބޭ ކަމުގައި ވީނަމަވެސް، ޚާއްޞަކޮށް ހުސްބަނޑަށް ބޯނަމަ އޭގެ ނުރައްކާތަކެއްވެސް ހުރެދާނެއެވެ.
ލުނބޯފެން ސިއްހަތަށް ފައިދާ ހުރި އެއްޗެއްގެ ގޮތުގައި ބެލެވެނީ ކީއްވެ؟
ލުނބޯފެނުގައި ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސް ގިނައިން އެކުލެވޭތީ، އިމިއުނިޓީ އިތުރުކޮށް ހަށިގަނޑު ޑީޓޮކްސް ކުރުމަށް މުހިންމު އެއްޗެއްގެ ގޮތުގައި ތަޢުރީފު ކުރެވެއެވެ.
ނަމަވެސް، ހެނދުނު ހުސްބަނޑަށް ބުއިމަކީ އެންމެންނަށް އެކަށީގެންވާ ކަމަކަށް ނުވެދާނެއެވެ.
ސިޓްރިކް އެސިޑް ގިނައިން އެކުލެވުން:ލުނބޮލިގައި ސިޓްރިކް އެސިޑް ގިނައިން އެކުލެވޭތީ، ނުކައިހުރެ ބޯނަމަ އެސިޑިޓީ ނުވަތަ ހަޖަމު ނުވުމުގެ މައްސަލަ ކުރިމަތިވެދާނެއެވެ.
ދަތުގެ ބޭރުފަށަލައަށް ގެއްލުން:ހުސްބަނޑާހުރެ ގަވާއިދުން ލުނބޯ ފެން ބުއިމުން ދަތުގެ ބޭރު ފަށަލަ ނުވަތަ "އެނެމަލް" ބަލިކަށިވެދާނެއެވެ.
ހަޖަމު ނުވުން:ގިނައިން ބުއިމުން އެސިޑް ރިފްލަކްސް ނުވަތަ ހަޖަމު ނުވުމުގެ މައްސަލަ ދިމާވެދާނެއެވެ.
ބޮލުގައި ރިއްސުން:ބައެއް މީހުންނަށް ލުނބޯ ފެން ބުއިމުން ބޮލުގައި ރިއްސުން ނުވަތަ މައިގްރޭން މައްސަލަ ކުރިމަތިވެއެވެ.
މާހިރުންގެ ބަހުން، ދުވާލަކު 1 ނުވަތަ 2 ތަށި ލުނބޯ ފެން ބުއިމުން ފައިދާ ކުރާނެއެވެ. ނަމަވެސް ހަޖަމުގެ މައްސަލަތައް، މިސާލަކަށް އެސިޑް ރިފްލަކްސްގެ މައްސަލަ ހުންނަ މީހުންނަށް މި ބުއިމުން ދިމާވާ އުނދަގޫތަކުގެ ޝަކުވާތައް އިތުރުވެދާނެއެވެ. އަދި ދަތުގެ ސިއްހަތަށް ނޭދެވޭ އަސަރު ކޮށްފާނެއެވެ.
ނޭދެވޭ އަސަރުތައް މަދުކުރުމަށް ޓަކައި:
އެހެން މޭވާ ނުވަތަ ތަރުކާރީއާ އެކު އެއްކުރުން: އެސިޑިޓީ އާއި ލިބޭ ނުރައްކާތެރިކަން މަދުކުރުމަށް، ލުނބޯ ފެން އެހެން މޭވާ ނުވަތަ ތަރުކާރީއާ އެކު އެއްކުރުން.
ލުނބޯ ތޮއްޓާއެކު ބޭނުން ނުކުރުން: ލުނބޯ ފެން ތައްޔާރުކުރާއިރު ލުނބޯ ތޮއްޓާ އެކު ބޭނުން ނުކުރަންވީ ސަބަބަކީ އެއީ ފޮތީގައި ގިނަ ފަހަރަށް ޕެސްޓިސައިޑް ޖަހާފައި ހުރެދާނެތީއެވެ. ރަނގަޅަށް ސާފު ނުކޮށްފިނަމަ، ހަށިގަނޑު އިންފްލޭމްވެ، ހުޅުގައި ރިއްސުން ފަދަ ކިޑްނީއާ ގުޅުންހުރި މައްސަލަތައްވެސް ދިމާވެދާނެއެވެ.
ލުނބޯ ފެނުގެ ފައިދާތަކެއް ހުރި ނަމަވެސް، އޭގެ ނޭދެވޭއަސަރުތަކުން ސަލާމަތްވުމަށް މިންވަރަކަށް އަދި ރަނގަޅު ގޮތުގައި ތައްޔާރުކުރުމަކީ މުހިންމު ކަމެކެވެ.
ލުނބޯ ފެނަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެއް ނަމަވެސް، އޭގެ ނޭދެވޭ އަސަރުތަކަށް ސަމާލުވެ، ރަނގަޅު މިންވަރަކަށް އަދި ރަނގަޅު ގޮތުގައި ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އަމިއްލަ ހަށިގަނޑުގެ ހާލަތަށް ބަލައި، ބޭނުންވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީވެސް މުހިންމު ކަމެކެވެ.