ދުނިޔެ

ޣައްޒާގެ ފެންބަހައްޓާ މަރުކަޒަކަށް އިސްރާއީލުން ހަމަލާދިންކަމަށް އިއުތިރާފުވެއްޖެ: ބުނީ ޓެކްނިކަލް މައްސަލައެއްކަމަށް

ޣައްޒާގެ ފެންބަހައްޓާ މަރުކަޒަކަށް އިސްރާއީލުން ހަމަލާދިންކަމަށް އިއުތިރާފުވެއްޖެ: ބުނީ ޓެކްނިކަލް މައްސަލައެއްކަމަށް

ޣައްޒާގައި ފެން ދޫކުރާ މަރުކަޒެއްގެ ކައިރި -

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖުލައި 2025، 10:55

15 ޖުލައި 2025، 10:55

ޣައްޒާގެ ނުސައިރާތު ހިޖުރަވެރިންގެ ކޭމްޕުގައި ހުންނަ ފެންބަހައްޓާ މަރުކަޒަކަށް، އިސްރާއީލު ސިފައިން ދިން ވައިގެ ހަމަލާއެއްގެ ޒިންމާ އިއުތިރާފުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ "ޓެކްނިކަލް މައްސަލައެއް" ދިމާވެގެން ކަމަށް އިސްރާއީލުން ބުނެއެވެ. ޣައްޒާއަށް ބޮން އަޅައި ބޮޑެތި ހަމަލާތައް ދިނުން ކުރިއަށްދާ މި ދަނޑިވަޅުގައި، ފާއިތުވެފައިވާ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 150 އަށް ވުރެ ގިނަ ތަންތަނަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލު ސިފައިންގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައިވާ ގޮތުން، އެމީހުންގެ އަމާޒަކަށްވީ އިސްލާމިކް ޖިހާދުގެ ހަރަކާތްތެރިއެކެވެ. ނަމަވެސް، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މިސައިލް "އޭގެ އަމާޒުން ކޮންމެސް ވަރަކަށް އެހެން ދިމާއަކަށް ދަތުރުކޮށް" ފެންބަހައްޓާ މަރުކަޒަށް ހަމަލާދީފައިވާ ކަމަށްވެއެވެ. ތަރުޖަމާނު ހާމަކުރެއްވީ އާންމު ރައްޔިތުންނަށް ގެއްލުންވިޔަ ނުދިނުމަކީ އިސްކަންދޭ ކަމެއް ކަމަށާއި، މި ހާދިސާ ފުރިހަމައަށް ތަހުގީގު ކުރަމުންދާ ކަންވެސް އެނގިފައިވާ ކަމަށެވެ.

މި ހަމަލާގެ ވަގުތު، ގާތްގަނޑަކަށް 20 ކުޑަކުދިންނާއި 14 ބޮޑެތި މީހުން ފެންނެގުމަށް ކިއުގައި ތިބި ކަމަށް މި ހާދިސާ ދެކުނު މީހަކު މީޑިއާއަށް ބުނެފައިވެއެވެ. ޣައްޒާގައި ފެނުގެ ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާއިރު، ރައްޔިތުން މަޖުބޫރުވެފައިވަނީ ފެން ނެގުމަށްޓަކައި އެތައް ކިލޯމީޓަރު ދުރުދުރުގައި ހުންނަ ފެންބަހައްޓާ މަރުކަޒުތަކަށް، ޕްލާސްޓިކް ދަޅުތަކާއެކު ދަތުރުކުރުމަށެވެ.

ހަމަ އެދުވަހު، އެހެން އެހީގެ މަރުކަޒެއްގައިވެސް ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވިކަމުގެ ރިޕޯޓްތައް ވަނީ ފެންމަތިވެފައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ބޮލަށާއި ހަށިގަނޑުގެ އެހެން ބައިތަކަށް ވަނީ ބަޑީގެ ޒަޚަމްތައް ލިބިފައެވެ. މީގެ ކުރިން އިސްރާއީލު ސިފައިން ބުނެފައިވަނީ އެތަނަށް "އިންޒާރުގެ ބަޑި" ޖެހިފައިވަނީ އެކަންޏެވެ. އަދި އެތަނުން އެއްވެސް މީހަކަށް އަނިޔާވިކަމުގެ އެއްވެސް ހެއްކެއް ނުފެންނަ ކަމަށްވެސް އޭރު ބުނެފައިވެއެވެ.

އިސްރާއީލު ވައިގެ ސިފައިން ބުނެފައިވާ ގޮތުގައި، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޣައްޒާގައި 150 އަށް ވުރެ ގިނަ ތަންތަނަށް ހަމަލާދީފައިވެއެވެ. މި ހަމަލާތަކުގެ ތެރޭގައި ހަތިޔާރު ރައްކާކުރާ ގުދަންތަކާއި، ގޮވާތަކެތި ހުރި އިމާރާތްތަކާއި، ހަމާސްގެ މަރުކަޒުތައް ހިމެނެއެވެ.

ހަމާސްގެ ބާރުގެ ދަށުގައިވާ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން، ހޮނިހިރާއި އާދީއްތަ ދުވަހާ ދޭތެރޭ ގާތްގަނޑަކަށް 139 ފަލަސްތީނު މީހުން ވަނީ މަރުވެފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 58،000 އިން މައްޗަށް އަރާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން