ދުނިޔެ

ސީރިއާގެ ހަކަތައިގެ މައްސަލަ ހައްލުކުރުމަށް އަޒަރުބައިޖާނުން ގޭސް ފޯރުކޮށްދިނުމަށް ނިންމައިފި

ސީރިއާގެ ހަކަތައިގެ މައްސަލަ ހައްލުކުރުމަށް އަޒަރުބައިޖާނުން ގޭސް ފޯރުކޮށްދިނުމަށް ނިންމައިފި

އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔޭވް، ސީރިއާގެ ރައީސް އަހްމަދު އަލް-ޝަރާޢު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖުލައި 2025، 10:55

14 ޖުލައި 2025، 10:55

ސީރިއާގައި ހިނގަމުންދާ ހަކަތައިގެ ދަތިކަން ހައްލުކުރުމަށް އެޤައުމަށް ގޭސް ފޯރުކޮށްދިނުމަށް އަޒަރުބައިޖާނުން ނިންމައިފިއެވެ.
އަރަބި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިކަން ހާމަކުރެއްވީ، އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔޭވް، ސީރިއާގެ ރައީސް އަހްމަދު އަލް-ޝަރާޢުއާ ބައްދަލުކުރެއްވުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ރައީސުން ވަނީ ހަކަތައާ ގުޅޭގޮތުން ހިނގަމުންދާ އެއްބާރުލުމާ މެދު ތަފްސީލުކޮށް މަޝްވަރާކުރައްވާފައެވެ. އެއީ ޚާއްސަކޮށް ސީރިއާއަށް މިހާރު ކުރިމަތިވެފައިވާ ހަކަތައިގެ ކްރައިސިސްއަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ސީރިއާއަށް ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އަޒަރުބައިޖާނުން ބުނެއެވެ. މި ގޭސް ސީރިއާއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތުރުކީގެ މަގުންނެވެ. މީގެ ސަބަބުން ސީރިއާގެ ހަކަތައިގެ ބޭނުންތައް ފުއްދުމަށް އެހީތެރިވެދޭނެ ކަމަށް ލަފާކުރެވެއެވެ.

އަރަބި މީޑިއާއިން ބުނީ މިދިޔަ މެއި މަހު ސީރިއާގެ ހަކަތަޔާބެހޭ ވަޒީރު މުހައްމަދު އަލް-ބަޝީރު، ދިމިޝްގާއި އަލް-އަންކާރާ އާ ދެމެދު ގުދުރަތީ ގޭސް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއް ހެދިކަމަށް ވިދާޅުވެފައިވާ ކަމެވެ. އެ އެއްބަސްވުމުގެ ދަށުން ގޭސް ޓްރާންސްޕޯޓްކުރާނީ ހޮޅީގެ މަގެއް މެދުވެރިކޮށް ސީރިއާގެ އުތުރުގެ ސަރަހައްދުތަކަށެވެ.

ގޭހުން މުއްސަނދި ޤައުމެއް ކަމަށްވާ އަޒަރުބައިޖާނަކީ ތުރުކީގެ މުހިންމު އެކުވެރިއެކެވެ. އަދި ސީރިއާގެ ވަގުތީ ސަރުކާރާވެސް އަޒަރުބައިޖާނުން ގާތް ގުޅުމެއް ބާއްވައެވެ. އަޒަރުބައިޖާނުގެ ރައީސް އަލިޔޭވް ބައިނަލްއަޤްވާމީ މައްސަލަތަކުގައި، ސީރިއާގެ މައްސަލަ ހިމެނޭ ގޮތަށް، ތުރުކީގެ މަޤާމަށް ތާއީދުކުރައްވާ ކަމަށް ގިނަ ފަހަރު ފެނިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން