ދުނިޔެ

ބަންގްލަދޭޝްގެ އަންހެން އޮފިޝަލުންނަށް "ސަރ" ކިޔުމުގެ އުސޫލު ބާތިލުކޮށްފި

ބަންގްލަދޭޝްގެ އަންހެން އޮފިޝަލުންނަށް "ސަރ" ކިޔުމުގެ އުސޫލު ބާތިލުކޮށްފި

ބަންގްލަދޭޝް އަންހެން ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖުލައި 2025، 04:00

12 ޖުލައި 2025، 04:00

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން، އެގައުމުގެ އަންހެން އޮފިޝަލުންނަށް "ސަރ" ކިޔުމުގެ އާދަޔާޚިލާފު އުސޫލު ރަސްމީކޮށް ބާތިލުކޮށްފިއެވެ. މި އުސޫލަކީ ކުރީގެ ވެރިކަމެއްގެ  ކަމަށާއި، މިހާރުގެ އިދާރީ ސަގާފަތަށް އެކަށީގެންނުވާ އުސޫލެއް ކަމަށް ވަގުތީ ސަރުކާރުން ބުނެއެވެ.

ފާއިތުވި ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި، އަންހެން އޮފިޝަލުންނަށް "ސަރ" ކިޔުން މަޖުބޫރުކުރި ދިރެކްޓިވް ބާތިލުކޮށްފައިވާ ކަމަށް ވަގުތީ ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. އޮފިޝަލުން މި އާދައަކީ "ސާފުކޮށް އާދަޔާޚިލާފު" ކަމެއް ކަމަށް ސިފަކޮށް، މިއީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަމުގައި ތައާރަފްކުރެވުނު ސިޔާސަތުތަކުން އުފެދިފައިވާ އާދައެއް ކަމަށް ބުނެއެވެ.

މިކަން އުފެދިފައިވަނީ ޝެއިޚް ހަސީނާ ގާތްގަނޑަކަށް 16 އަހަރު ވެރިކަން ކުރި ދުވަސްވަރު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެދުވަސްވަރު ބައެއް އިސް މަގާމުތަކުގައި ތިބި އަންހެން ސިވިލް ސަރވަންޓުންނަށް "ސަރ" ކިޔުމަށް އޮފިޝަލުންނަށް އިރުޝާދު ދެވުނެވެ. މިގޮތުން މި އާދަ ވަރަށް އަވަހަށް މުޅި ބިއުރޯކްރަސީގައި ފުޅާ ދާއިރާއެއްގައި ފެތުރިގެން ދިޔައެވެ.

ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "މި އާދަ ވަޒީރުންނަށް ވުރެ އިސް މަގާމުތަކުގައި ތިބި އެހެނިހެން އަންހެން އޮފިޝަލުންނަށް ވެސް ފުޅާވެގެން ދިޔަ. އެއީ މިއަދު އާދަޔާޚިލާފު އަދި ޖެންޑަރގެ މިންގަނޑުތަކަށް އަންނަ ކުރިއެރުމާ ނުގުޅޭ އާދައެއް." މިހާރު ވަނީ ބިއުރޯކްރެޓިކް އުސޫލުތައް މުރާޖާޢާކޮށް، ސިވިލް ސަރވަންޓުންނަށް ރަސްމީކޮށް މުޚާތަބުކުރާނެ ގޮތްތަކަށް އިސްލާހު ހުށަހެޅުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.

ނަމަވެސް، މި ބަދަލު އިއުލާނުކުރުމުގެ ކުރިން އަންހެން އޮފިޝަލުންނާ އެކަށީގެންވާ މަޝްވަރާއެއް ނުކުރެވުމާ ގުޅިގެން ބައެއް ފާޑުކިޔުންތައް ވަނީ އުފެދިފައެވެ. އިސް އަންހެން ބިއުރޯކްރެޓެއް ބުނެފައިވާ ގޮތުގައި، "އާނ، މި އާދަ ފެށުނީ ކުރީގެ ސަރުކާރުގައި، ނަމަވެސް ސިވިލް ސާވިސްގައި ތިބި ގިނަ އަންހެނުން މިކަމަށް ތާއީދުކުރީ އެއީ ޖެންޑަރ ނިއުޓްރަލް ބަހެއްގެ ގޮތުގައި."

މިކަމާ ގުޅިގެން ހިނގާފައިވާ އެހެން ބަހުސެއްގައި ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ، ކޯޓަށް އިހުތިރާމްނުކުރުމުގެ ދަޢުވާގައި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ. މި ހުކުމް އިއްވާފައިވަނީ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިންނެވެ. އެ ޓްރައިބިއުނަލް އިން ހަސީނާގެ މައްޗަށް ދަޢުވާކުރީ ޝަރުޢީ މައްސަލަތަކަށް ހުރަސް އެޅުމަށް މަސައްކަތްކޮށް، ކޯޓުގެ ބާރު ކަނޑުވާލުމަށެވެ.

ރިޕޯޓުތައް ބުނާގޮތުން، ހަސީނާ އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅި ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ދެއްކެވި ހިތްހަމަނުޖެހޭ ބަސްތަކަށް ކޯޓުން ވަރަށް ސީރިއަސްކޮށް ބަލާފައިވެއެވެ. ޓްރައިބިއުނަލް އިން ބެލިގޮތުގައި މި ބަސްތަކަކީ ހުކުރުމަތްތެރިކަމެއް ނެތް ކަމެއްގެ އިތުރުން، ގާނޫނީ މަގުން އިންސާފު ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް ބިރުދެއްކުމަށް ކުރި މަސައްކަތެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން