Ads by Stelco

ޚަބަރު

ރާއްޖެ ކަނޑުން ބޭރުގެ ބޯޓެއް އަތުލައިގެންފި

ރާއްޖެ ކަނޑުން ބޭރުގެ ބޯޓެއް އަތުލައިގެންފި

އެމްއެންޑީއެފް ކޯސްޓްގާޑް

farudhun logo

ފަރުދުން

10 ޖުލައި 2025، 04:58

10 ޖުލައި 2025، 04:58

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ބޯޓެއް އަތުލައިގެންފި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. 

އެމްއެންޑީއެފް އިން މިއަދު  ކުރި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރު ޤައުމެއްގެ މަސްބޯޓެއް، އެމްއެންޑީއެފްގެ ސަމާލުކަމަށް އައި ކަމަށެވެ. 

އެމްއެންޑީއެފް އިން ބުނީ އެ އުޅަނދުގައި ޖުމްލަ 5 މީހުން ތިބި ކަމަށެވެ.

މިހާރު އެ މަސްބޯޓާއި މަސްބޯޓުގައި ހިމެނޭ މީހުން ވަނީ  އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.  މި އުޅަނދު މާލޭ ބަނދަރަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.  ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް އިން އަދި ހިއްސާކޮށްފައި ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން