ދުނިޔެ

ޓެކްސަސްގައި ފެންބޮޑުވުމާއި ގުޅިގެން ގެއްލުނު މީހުންގެ ޢަދަދު 160އަށް އަރައިފި

ޓެކްސަސްގައި ފެންބޮޑުވުމާއި ގުޅިގެން ގެއްލުނު މީހުންގެ ޢަދަދު 160އަށް އަރައިފި

ޓެކްސަސްގައި ފެންބޮޑުވުން/ފޮޓޯ: ދަ ގާޑިއަން

09 ޖުލައި 2025، 07:16

އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ކަރ ކައުންޓީއަށް ހުކުރު ދުވަހު ކުއްލިގޮތަކަށް ވެހުނު ބޯ ވިއްސާރައާއެކު ފެންބޮޑުވުމާއި ގުޅިގެން ގެއްލުނު މީހުންގެ ޢަދަދު 160އަށް އަރައިފިއެވެ.

އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޙާދިސާއާ ގުޅިގެން މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 94  އަށްވުރެ މައްޗަށް އަރާފައެވެ. އަދި އެ ޙާދިސާގައި މިހާތަނަށް ގެއްލުނު މީހުންގެ އަދަދު 160 އަށްވުރެ މައްޗަށް އަރާފައިކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ހިތާމަވެރި ޙާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. އެގޮތުން، 28 ކުޑަކުދިން ހިމެނޭހެން 69 މީހެއްގެ ހަށިގަނޑު މިހާރު ފެނިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި ޙާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ގެއްލިފައި ތިބި މީހުން ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ. މީގެ އިތުުރުން، އަދިވެސް  އެ ސަރަޙައްދަށް ވާރޭ ވެހިއްޖެނަމަ ނުރައްކާ އިތުރުވެދާނެކަމުގެ އިންޒާރު ޓެކްސަސްގެ ގަވަރނަރ ގްރެގް އެބޮޓް ވަނީ ދެއްވާފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޓެކްސަސްއަށް 300 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އެއީ މީގެ ކުރިން އެ ކައުންޓީއަށް އަހަރެއްގެ ތެރޭގައި ވެހޭ ވަރަށްވުރެ ގާތްގަނޑަކަށް ތިންބައި ކުޅަ އެއްބައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން