ޚަބަރު
މާރާމާރީއެއްގައި ކުރީގެ ފުލުހަކަށް އަނިޔާވެއްޖެ
އައްޑޫ ސިޓީ މަތިން ނަގާފައިވާ މަންޒަރެއް
ރޭ ހިންގި މާރާމާރީއެއްްގައި ކުރީގެ ފުލުހަކަށް އަނިޔާވެއްޖެ ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ރިޕޯޓްކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫގައެވެެ. ފުލުހުން ބުނީ މި މަައްސަލަ އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދިނެވެ. އަދި އެމީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަން ފާހަގަކޮށްފައި ވެއެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.