ވިޔަފާރި / ޚަބަރު

ކައްދޫ އާއި ގަމުގެ މޯލްޑިވިއަން އޮފީހުން ޓިކެޓް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި

ކައްދޫ އާއި ގަމުގެ މޯލްޑިވިއަން އޮފީހުން ޓިކެޓް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި

ލ ގަން ފޮޓޯ:ސަން އޮންލައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2025، 11:12

30 ޖޫން 2025، 11:12

ލ.ކައްދޫ އަދި އައްޑޫ ސިޓީ ގަމުގައި ޤާއިމުކޮށްްފައިވާ މޯލްޑީވިއަންގެ ޓިކެޓް އޮފީހުން ޓިކެޓް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.މި ޚިދުމަތް މެދުކަނޑާލި ސަބަބެއް މޯލްޑިވިއަނުން ހާމައެއް ނުކުރެއެވެ.

މޯލްޑިވިއަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި 1 ޖުލައި އިން ފެށިގެން މި 2 ސަރަހައްދުގައި ޤާއިމްކޮށްފައިވާ އެކުންފުނީގެ އޮފީހަށް ގޮސް ކަސްޓަމަރުންނަށް ޓިކެޓް ނެގޭނެ އިންތިޒާމް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. ނަމަވެސް އެ އޮފީހުން ފޯރުކޯށްދެމުން އަންނަ އެހެން ޚިދުމަތްތައް ކުރިއެކޭވެސް އެއްފަދައިން ލިބޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

މީގެއިތުރުން މިދެ އޮފީހުން ޓީކެޓްގެ ޚިދުމަތް މެދުކަނޑާލި ކަމުގައި ވީނަމަވެސް އެކުންފުނީގެ މޯބައިލް އެޕްލިކޭޝަން ، ކޯލް ސެންޓަރ ، އީމެއިލް ، ވައިބަރގެ އިތުރުން އެކުންފުނީގެ އެޖެންޓުން މެދުވެރިކޮށް ޓިކެޓް ނެގުމުގެ ޚިދުމަތް ހޯދޭނެކަމަށް މޯލްޑީވިއަން އިން ވަނީ ބުނެފައެވެ.

އެއަރޕޯޓްގައި ހުރި އެ ކުންފުނީގެ ކައުންޓަރުތައް ޗެކިން ކުރާ ވަގުތުތަކުގައި ހުޅުވިފައި ހުންނާނެކަމަށާއި އެތަންތަނުންވެސް ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ކުންފުނިން މައުލޫމާތުދެއެވެ. ލ.ކައްދޫ އާއި އައްޑޫ ސިޓީ ގަމުގައި ޤާއިމްކޮށްފައިވާ އޮފީހުން ޓިކެޓް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް އެހެން ސަރަހައްދުތަކުގައި ހުރި އެ ކުންފުނީގެ އޮފީސްތަކުން ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.އަދި ޚިދުމަތް އަލުން ފަށާނެ ވަގިދުވަހެއް ހާމަކޮށްފައެވެ ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS