ދުނިޔެ

ޚާމެނާއީގެ ފުރާނަ ސަލާމަތްކުރީމަ ޝުކުރުގެ އެންމެ ބަހެއްވެސް ނުލިބުނު : ޓްރަމްޕް

ޚާމެނާއީގެ ފުރާނަ ސަލާމަތްކުރީމަ ޝުކުރުގެ އެންމެ ބަހެއްވެސް ނުލިބުނު : ޓްރަމްޕް

އެމެރިކާގެ ރައީސް އަދި އީރާންގެ ސްޕްރީމް ލީޑަރ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖޫން 2025، 01:53

28 ޖޫން 2025، 01:53

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނުގެ ދީނީ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމެނާއީގެ ފުރާނަ ސަލާމަތްކުރެއްވި ކަމަށް ވިދާޅުވެއްޖެއެވެ. ނަމަވެސް އެކަމަށްޓަކައި ޚާމެނާއީގެ ފަރާތުން އެއްވެސް ޝުކުރެއް ލިބިވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައެވެ.

އެމަނިކުފާނު ދެއްވި  އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކާމިޔާބުކުރި ކަމަށް ޚާމެނާއީ ދޮގުހެދިކަމަށް ބުނެ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކާމިޔާބުކުރިކަމަށް ދީނީ ވެރިޔާ ވިދާޅުވަނީ ކީއްވެ ހެއްޔެވެ؟ އެއީ ތެދެއް ނޫންކަން އެނގިވަޑައިގަންނަވާނެ. ތެދުވެރި މީހަކު މިގޮތަށް ދޮގު ހެދުމަކީ ރަނގަޅު ކަމެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އިޒްރޭލާއި އެމެރިކާގެ އަސްކަރިއްޔާއިން ޚާމަނާއިއަށް ހަމަލާ ދިނުން  ހުއްޓުވީ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު އެއްވެސް މީހަކަށް އޭނާ މަރާލަން އަމުރެއްނުދެން. އަޅުގަނޑު އޭނާގެ ފުރާނަ ސަލާމަތްކުރީ. އެކަމަކު އޭނާ އަޅުގަނޑަށް ޝުކުރެއް ވެސް އަދާ ނުކުރި،" ޓްރަމްޕް ވިދާޅުވިއެވެ.


އެމެރިކާގެ  ރައީސް އިތުރަށް ވިދާޅުވީ، އިރާނުގެ މައްޗަށް ދީފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އެގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އިރާނުގެ ވެރިންގެ ފަރާތުން ފެނުނު ހަރުކަށި އަދި ނަފުރަތު އުފެދޭ ބަސްތަކުގެ ސަބަބުން އެ މަސައްކަތްތައް ހުއްޓާލަން މަޖުބޫރުވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑު މަސައްކަތްކުރީ އިރާނަށް ބައިނަލްއަގްވާމީ ނިޒާމުގެ ތެރެއަށް އަނބުރާ އާދެވޭނެ ގޮތް ހެދުމަށް. އަޅުގަނޑުގެ މަސައްކަތުން އެމީހުންނަށް އިގްތިސާދީ ގޮތުން ކުރިއަރައިގެން ދިއުމަށް ބޮޑު ފުރުސަތެއް ލިބުނީސް. އެކަމަކު އެމީހުންގެ ވެރިންގެ ހަރުކަށި އަދި ހިތި ބަސްތަކުގެ ސަބަބުން އަޅުގަނޑު ހުރިހާ ކަމެއް ހުއްޓާލީ،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ، އިރާނުން އެގައުމުގެ މިހާރުގެ ސިޔާސަތު ބަދަލުނުކުރާނަމަ، ގައުމުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އިންޒާރުވެސް ދެއްވާފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS