ދުނިޔެ
ނެތަންޔާހޫ ފަދަ "ހަނގުރާމައިގެ ހީރޯ" އަކަށް ދައުވާކުރުމަކީ ޢަދުލު އިންސާފަށް ކުރާ މަލާމާތެއް: ޓްރަމްޕް

އެމރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔަހޫދީންގެ ބޮޑުވަޒީރު ނެތަންޔާހޫ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ ދެކޮޅަށް ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލައަށް، އާންމުކޮށް ވަދެވަޑައިގެންފިއެވެ. ޓްރަމްޕްގެ އަމިއްލަ ޕްލެޓްފޯމް، ޓްރޫތު ސޯޝަލްގައި ލިޔުއްވަމުން، އެ ޝަރީޢަތަކީ "ސިހުރު ހެދުން" ކަމަށާއި "ޢަދުލު އިންސާފަށް ކުރާ މަލާމާތެއް" ކަމަށް ސިފަކުރައްވައި، ޝަރީޢަތް ހުއްޓުވުމަށް ނުވަތަ ނެތަންޔާހޫއަށް މަޢާފު ދިނުމަށް ގޮވާލެއްވިއެވެ. ޓްރަމްޕް މިކަން ސިފަކުރެއްވީ "ސިޔާސީ ބަދަލުހިފުން" ގޮތުގައެވެ.
ޓްރަމްޕް ލިޔުއްވާފައިވަނީ، އިޒްރޭލްގެ ތާރީޚުގައި ދުށް އެންމެ ބޮޑު ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީ (އީރާނާ ދެކޮޅަށް ހިންގި ޙަމަލާތައް) ހާސިލްކުރުމަށްފަހު ވެސް، ހަނގުރާމައިގެ ވަރުގަދަ ބޮޑުވަޒީރެއްގެ ގޮތުގައި ނެތަންޔާހޫއާ ދެކޮޅަށް ދަޢުވާކުރަމުންދާތީ ވަރަށް ބޮޑަށް ޙައިރާންވެވަޑައިގެންނެވި ކަމަށެވެ. ޓްރަމްޕް ފާހަގަކުރެއްވީ، އީރާނާ ދެކޮޅަށް ދާދި ފަހުން ހިނގި ހަމަލާތަކުގައި އެމަނިކުފާނާއި "ބިބީ" (ނެތަންޔާހޫގެ ވަނަން) އެއްބައިވަންތަކަމާއެކު ދަތިތަކާ ކުރިމަތިލެއްވި ކަމަށާއި، ނެތަންޔާހޫގެ ޤައުމީ ލޯތްބާއި، ކުޅަދާނަކަމާއި ލީޑަރޝިޕަށް ވަރަށް ބޮޑަށް ތަޢުރީފު ކުރެއްވިއެވެ.
ނިއުކްލިއަރ ބިރުވެރިކަން ނައްތާލި "އެންމެ މޮޅު ހަނގުރާމަވެރިޔާ"ޓްރަމްޕް ވަނީ ނެތަންޔާހޫއަކީ އިޒްރޭލަށް މިހާތަނަށް ލިބުނު ހަނގުރާމައިގެ އެންމެ މޮޅު ލީޑަރު ކަމަށް ސިފަކުރައްވާފައެވެ. ޓްރަމްޕް ބުނުއްވި ގޮތުގައި، ނެތަންޔާހޫގެ ލީޑަރޝިޕްގެ ދަށުން، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ދެކޮޅަށް ދިފާޢުވުމުގެ މަސައްކަތް ވަރުގަދަކުރެވި، "ގާތްގަނޑަކަށް ތައްޔާރުވެފައި" ހުރި ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ހުއްޓުވައި ނައްތާލެވުނެވެ. އަދި "މިފަދަ ޚާއްސަ ޤުރްބާނީއަކާ، ހުނަރަކާ އަދި ކުޅަދާނަކަމަކާ އެކު އެހެން އެއްވެސް މީހަކު މަސައްކަތް ކޮށްފައެއް ނުވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ކޮރަޕްޝަންގެ ޝަރީޢަތަކީ 'ސިޔާސީ ބަދަލުހިފުން'ނެތަންޔާހޫއަށް ކޯޓަށް ހާޒިރުވުމަށް ދަޢުވާ ކުރަމުންދާތީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުން، ޓްރަމްޕް ވަނީ 2020 ވަނަ އަހަރުގެ މެއި މަހު ފެށުނު މި ދިގު މައްސަލަ ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. މި ދަޢުވާތަކަކީ، ސިޔާސީ މަޤްސަދުތަކެއް ހާސިލް ކުރުމަށްޓަކައި ހިންގާ ހަމަލާތަކެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މިކަމުގެ ސަބަބުން ނެތަންޔާހޫއާއި އިޒްރޭލްގެ ރައްޔިތުންގެ ޤަދަރު ކުޑަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ މި ބަސްފުޅުތަކާ ގުޅިގެން ވެސް، އިޒްރޭލްގެ ރައީސް އައިޒެކް ހެރްޒޮގް ވަނީ، ނެތަންޔާހޫއަށް މަޢާފު ދިނުމަށް އެއްވެސް އެދުމެއް ހުށަހަޅާފައިނުވާ ކަމަށާއި، މިވަގުތު މިކަމާ ގުޅޭ އެއްވެސް ކަމެއް ބަލާފައިނުވާ ކަމަށް ވިދާޅުވެފައެވެ.