ދުނިޔެ

އީރާނުގެ މިސައިލް ހަމަލާތަކަށް ބިރުން ފާޚާނާގައި ފިލާއޮވެ އިޒްރޭލްގެ އޮފިސަރެއް އިންޓަވިއު ދީފި

އީރާނުގެ މިސައިލް ހަމަލާތަކަށް ބިރުން ފާޚާނާގައި ފިލާއޮވެ އިޒްރޭލްގެ އޮފިސަރެއް އިންޓަވިއު ދީފި

ފާހާނާގައި އޮވެ އިންޓަރވިއު ދިން އޮފިސަރ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖޫން 2025، 05:48

20 ޖޫން 2025، 05:48

އިޒްރޭލާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، އިޒްރޭލްގެ ކުރީގެ އިންޓެލިޖެންސް އޮފިސަރަކު ފްރާންސްގެ ނެޓްވޯކަކަށް އިންޓަވިއުއެއް ދިނީ އީރާނުގެ މިސައިލް ހަމަލާތަކަށް ބިރުން ފާޚާނައެއްގެ ތެރޭގައި ފޮރުވިގެން ކަމަށް ޚަބަރުތައް ބުނެފިއެވެ.

މިކަމުން ދައްކުވައިދެނީ އެ ސަރަޙައްދުގައި އޮތް ހާސްކަމާއި، ވަކިން ޚާއްސަކޮށް ހަނގުރާމައިގެ ބިރުގެ ސަބަބުން އާންމު ދިރިއުޅުމަށް ކުރާ އަސަރު އަދި ފާއިތުވީ ގިނަދުވަސްތަކެއް ވަންދެން ޣައްޒާގެ ރައްޔިތުން އުޅެންޖެހިފައިވާ ދަތިހާލު ކަން  ބުނެ ގިނަބަޔަކު ވަނީ ވީޑިއޯއަށް ފާޑުކިއާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އޮފިސަރަކީ އިޒްރޭލްގެ އިންޓެލިޖެންސްގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅެކެވެ. އޭނާ މި އިންޓަވިއު ދީފައިވަނީ އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުތައް ބޮޑުވެފައިވަނިކޮށެވެ. އިންޓަވިއު ކުރަމުން ދިޔައިރުވެސް އޭނާ ހުރީ އެއްވެސް ވަގުތެއްގައި ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރުގައެވެ. މި ސަބަބަށްޓަކައި، ސަލާމަތީ ތަންކޮޅެއް ކަމަށް ބެލެވޭ ފާޚާނައެއްގެ ތެރޭގައި ފޮރުވިގެން އިންޓަވިއު ކުރިއަށް ގެންދިޔައެވެ.

އިންޓެލިޖެންސްގެ ކުރީގެ އޮފިސަރެއް ފަދަ ތަޖުރިބާކާރު ބޭފުޅަކަށްވެސް މިސައިލް ހަމަލާއަކަށް ބިރުގަނެ، ފޮރުވިގެން އިންޓަވިއު ދިނުމަކީ މި ސަރަޙައްދުގައި އޮތް ނާޒުކު ހާލަތުގެ ހެއްކެކެވެ.އަދި މިއީ  މިހާރު ޣައްޒާގެ ރައްޔިތުންނަށް ހަނގުރާމައިގެ ސަބަބުން   ސަރަޙައްދުގެ ސަލާމަތީ ކަންކަން ހަމަޖެހުމެއް ނެތި އޮތް މިންވަރާއި، އެކަމުގެ ސަބަބުން މީހުންގެ ނަފްސާނީ ހާލަތަށް ކުރާ އަސަރު ދައްކުވައިދޭކަމެއް ކަމުގައި ވެސް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS