ދުނިޔެ

އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ މެދު ޓްރަމްޕް ވިސްނަނީ

އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ މެދު ޓްރަމްޕް ވިސްނަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖޫން 2025، 05:24

20 ޖޫން 2025، 05:24

އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅޭ ގޮތުން އެމެރިކާއިން އަޅާނެ ފިޔަވަޅުތަކަކާ މެދު ރައީސް ޓްރަމްޕް މި ވަގުތު ގެންދަވަނީ ވިސްނަވަމުންނެވެ. ޔަހޫދީންނާ ބައިވެރިވެ އެމެރިކާއިން ވެސް އީރާނަށް ޙަމަލާ ދޭން ފެށުމަށް ޓްރަމްޕް ނިންމެވުން ގާތްކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. މި ކަމާ މެދު އޮތް ކަންބޮޑުވުން ވަނީ އެތަކެއް ގުނައަކަށް އިތުރުވެފައެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އީރާނާ މެދު އަމަލު ކުރާނެ ގޮތެއް ޓްރަމްޕް ނިންމަވާނެ ކަމުގައެވެ.

ލެވިޓް ހާމަކުރެއްވި ގޮތުގައި، ޓްރަމްޕް ވިދާޅުވެފައި ވަނީ، "ކައިރި މުސްތަގުބަލެއްގައި އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް އަލުން ފެށުމަށް އޮތް ފުރުޞަތަށް ރިއާޔަތްކޮށް، އެ ކަމާ މެދު އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ މެދު ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑު ގޮތެއް ނިންމާނަން،" މިފަދައިންނެވެ.

އީރާނާ މެދު އަމަލު ކުރާނެ ގޮތަކާ މެދު ޓްރަމްޕް ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ އެކި ފަހަރު އެކި ގޮތަށެވެ. ޚާރިޖީ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވުމަށް ފަހު، އީރާނަށް ޙަމަަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ މެދު ވިސްނަވަމުން ގެންދަވާ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ޖޫން 18 ވަނަ ދުވަހު ޓްރަމްޕް ވިދާޅުވީ، އީރާނާ މެދު އަމަލު ކުރައްވަން އޭނާ ނިންމަވާނެ ގޮތެއް އިތުރު އެއްވެސް މީހަކަށް ނޭނގޭނެ ކަމުގައެވެ. އަދި، އޭގެ ކުރީ ދުވަހު ޓްރަމްޕް ވަނީ، އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްވުމަށް ފަހު، އެއްވެސް ޝަރުޠަކާ ނުލައި އަމާން ދިނުން ނޫން އިތުރު ފުރުޞަތެއް އީރާނަށް ނުދެއްވާނެ ކަމުގައި ވެސް ވިދާޅުވެފައެވެ.

އެންމެ ފަހުން ލެވިޓް ވިދާޅުވީ، ޚާރިޖީ ހައްލެއް ހޯދުމަށް ޓްރަމްޕް އިސްކަން ދެއްވާ ކަމުގައެވެ. ނަމަވެސް، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު އީރާނަށް ނުދެއްވުމަކީ އޭނާގެ މައިގަނޑު ސިޔާސަތު ކަމުގައި ވެސް ލެވިޓް ވިދާޅުވިއެވެ. ޓްރަމްޕްގެ މައިގަނޑު އަމާޒަކީ އިރާންގެ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމެވެ. އަނެއްކޮޅުން، އީރާނަށް ޙަމަލާ ދިނުމުގައި ބައިވެރިވުމަށް ޔަހޫދީން ދަނީ ޓްރަމްޕަށް ބާރު އަޅަމުންނެވެ. އަދި، މެދުއިރުމަތީގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ތެރެއަށް އެމެރިކާ ވައްޓައިލުމަށް މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS