ކޮލަމް
ގަރުނުތަކެއް ވަންދެން މޮރޮކޯގައި ޒީނަތްތެރިވުމަށް ބޭނުންކުރާ "ހައްމާމް" އުކުޅުތައް ހަޤީޤަތުގައިވެސް ތަފާތު ދައްކައިދޭ

މޮރޮކޯގައި ޒީނަތްތެރިވުމަށް ބޭނުންކުރާ ބައެއް އުފެއްދުންތައް ފޮޓޯ: ފަރުދުން
ގަރުނުތަކެއް ވަންދެން، މޮރޮކޯގެ އަންހެނުން ވަނީ "ހައްމާމް" ގެ ނަމުން މަޝްހޫރު، ޒަމާންވީ އަމިއްލަ ޒީނަތްތެރިކަމާއި ބޭރުފުށުގެ ރީތިކަމުގެ އާދަކާދަތަކެއް ގެންގުޅެފުޅެފައެވެ. މިއީ ހަށިގަނޑު ސާފުކުރުމަށްވުރެ މާ ފުޅާ ދާއިރާއެއްގައި ހަށިގަނޑު "ޑީޓޮކްސް" ކޮށް، ޒީނަތްތެރިކަމުގެ ފަރުވާއަކަށްވެ، އަދި ރޫޙާނީގޮތުން ވެސް އައު އިހުސާސެއް ކުރުމުގެ ވަސީލަތަކަށްވެފައިވާ އުކުޅުތަކެކެވެ. ނަމަވެސް މޮރޮކޯގެ ހައްމާމް ތަޖުރިބާ މުޅި ދުނިޔޭގައި މިހާ މަޝްހޫރުވެފައިވަނީ ހަމައެކަނި މި އާދަކާދައިގެ ސަބަބުން ނޫނެވެ - އެއީ ޖީލުތަކަކުން ޖީލުތަކަކަށް ވާރުތަވަމުން އައިސްފައިވާ ބާރުގަދަ، މުޅިން ގުދުރަތީ ޒީނަތްތެރިކަމުގެ އުފެއްދުންތަކުގެ ސަބަބުންނެވެ.
1. މޮރޮކޯގެ އެކްސްފޯލިއޭޓިންގ އަންގި (ކެއްސާ މިޓް)
މޮރޮކޯގެ އެކްސްފޯލިއޭޓިންގ އަންގި (ކެއްސާ މިޓް)
މޮރޮކޯގައި ކެއްސާ އަންގި ނެތި އެއްވެސް ހައްމާމެއް ފުރިހަމައެއް ނުވާނެއެވެ. މިއީ ހޫނު ފެނުގައި އިށީނދެ ފެންވެރުމަށްފަހު މަރުވެފައިވާ ހަމުގެ ސެލްތައް ނައްތާލުމަށް ފަރުމާކުރެވިފައިވާ އޮންނަ އެކްސްފޯލިއޭޓިންގ އަންގިއެކެވެ. މި އަންގި ބޭނުންކުރަނީ ހަމުގައި ވައްބުރުގެ ބައްޓަމަށް އުނގުޅާ، މަރުވެފައިވާ ހަން ނައްތާލާށެވެ. ގިނަފަހަރު ބެލްދީ ސައިބޯނިއާއެކު ބޭނުންކުރުމުން ހަމުގެ ވިހަ ނައްތާލުމަށާއި، ލޭ ދައުރުވުން އިތުރުކުރުމަށާއި، ހަންގަނޑު އަލިކޮށް އަދި އޮމާންކަން ގެނެސްދިނުމަށް އެހީތެރިވެއެވެ.
ކެއްސާ އަންގި ބޭނުންކޮށްގެން ގަވާއިދުން އެކްސްފޯލިއޭޓްކުރުމުން ހަމުގެ އެތެރެއަށް ފަޅާ އިސްތަށިބުޑުތައް ނައްތާލާ އަދި ހަމުގެ ޕޯޒްތައް ސާފުކުރެވެއެވެ.
2. މޮރޮކޯގެ "ބްލެކް ބެލްދީ" ސައިބޯނި

މޮރޮކޯގެ "ބްލެކް ބެލްދީ" ސައިބޯނި
މި ސައިބޯނިއަކީ ހައްމާމް ތަޖުރިބާގެ ހިތެވެ. ފިއްތާލާފައިވާ ކަޅު އޮލީވް އަދި ގުދުރަތީ ތެލުން އުފައްދާފައިވާ ބެލްދީ ސައިބޯނި އަކީ ޖެލީ ކަހަލަ ގޮތެއް ހުންނަ އެއްޗެކެވެ. މިއީ ސާފުކުރާ އެއްޗެއްގެ ގޮތުގައި އަދި އެކްސްފޯލިއޭޓްކުރުމުގެ ކުރިން ހަންގަނޑު މަޑުކުރާ އެއްޗެއްގެ ގޮތުގައިވެސް މަސައްކަތްކުރެއެވެ. މިއީ ހަމުގެ ޕޯޒް ހުޅުވައި އަދި ކެއްސާ އަންގިން ރަނގަޅަށް ސާފުކުރުމަށް ހަންގަނޑު ތައްޔާރުކުރުމަށްޓަކައި ބޭނުންކުރާ އެއްޗެކެވެ.ވިޓަމިން އީ އިން މުއްސަނދި ބެލްދީ ސައިބޯނިން ހަމުގެ ގުދުރަތީ ތެޔޮ ނައްތާނުލާ ހަންގަނޑު ސާފުކުރެއެވެ. މިއީ ހުރިހާ ބާވަތެއްގެ ހަމަކަށްވެސް އެކަށީގެންވާ އެއްޗެކެވެ.
3. އަރގަން ތެޔޮ: މޮރޮކޯގެ ރަން ކަމުގައި ބުނެވޭ

އަރގަން ތެޔޮ
ހަމައެކަނި މޮރޮކޯގައި ހެދޭ އަރގަން ގަހުގެ މޭވާއިން ނަގާ އަރގަން ތެލަކީ އުމުރުން ދުވަސްވުމުގެ އަސަރު ކުޑަކުރުމާއި، ހަންގަނޑަށް ތެތްކަން ގެނެސް ދިނުމާއި، އަދި ދުޅަހެޔޮކަން ގެނެސްދިނުމުގެ ޚާއްޞަ ސިފަތަކުގެ ސަބަބުން މުޅި ދުނިޔޭގައި މަޝްހޫރު އެއްޗެކެވެ. ފެޓީ އެސިޑްތަކާއި، އެންޓިއޮކްސިޑެންޓްތަކާއި، އަދި ވިޓަމިން އީ އިން ފުރިފައިވާ މި ތެޔޮ ބޭނުންކުރަނީ ހަމަށާއި އިސްތަށްޓަށް - ކޮންމެ ދުވަހަކު ތެތްކަން ދިނުމަށާއި، އިސްތަށި ފޭބުން ހުއްޓުވުމަށާއި، ނުވަތަ ހަމުގައި ފާޅުވާ ރޫތައް ފިލުވަން ފަސޭހަކުރުމަށްވެސް މެއެވެ.މޮރޮކޯގެ އަންހެނުން ގިނަފަހަރު ހައްމާމް އާދަކާދަ ނިންމާލަނީ މުޅި ހަށިގަނޑަށް އަރގަން ތެޔޮ މަސާޖުކޮށް، ހަމަށް ކާނާ ދީ އަދި ތެތްކަން ހިފެހެއްޓުމަށެވެ.
4. ރަސޫލް މަޑް ޕައުޑަރ: ގުދުރަތީ ޑީޓޮކްސް

ރަސޫލް މަޑް ޕައުޑަރ: ގުދުރަތީ ޑީޓޮކްސް
މޮރޮކޯގެ އެޓްލަސް ފަރުބަދަތަކުން ނަގާ މި ޒަމާންވީ ޗަކައަކީ ހަމާއި އިސްތަށްޓަށް ބާރުގަދަ ފަރުވާއެކެވެ. ފެނާ ނުވަތަ ފިނިފެންމާ ފެނާ އެއްކުރުމުން، ރަސޫލް ޗަކަ ނުވަތަ މަޑް ވެގެންދަނީ ހަމުގެ ނުސާފުކަންނައްތާލާ، ހަމުގެ ޕޯޒް ބާރުކޮށް، އަދި ހަމުގެ އިލާސްޓިސިޓީ އިތުރުކުރާ މާސްކަކަށެވެ. ތެޔޮ ގިނަ، ބިހިނަގާ ، ނުވަތަ ވަރުބަލިވެފައިވާ ހަމަށް އެންމެ އެކަށީގެންވާ ރަސޫލް މަޑް ބޭނުންކުރަނީ އިސްތަށި ދުޅަހެޔޮކޮށް ބަހައްޓައިދޭ ބޯ މަސާޖުކުރާ ޑީޓޮކްސިފައިންގ މާސްކެއްގެ ގޮތުގައެވެ.
5. އަކަރު ފާސީ ސައިބޯނި

އަކަރ ފާސީ ސައިބޯނި
މޮރޮކޯގެ ޒީނަތްތެރިކަމުގެ ސިއްރު ހަތިޔާރެއް ކަމުގައިވާ އަކަރު ފާސީ އަކީ ޕޮޕީ ފަތްތަކާއި އަންނާރު މޭވާގެ ބޭރު ފަށަލައިން
އުފައްދާފައިވާ އެއްޗެކެވެ. މިއީ އޭގައި އެކުލެވޭ ރީތި ރަތް ކުލައިގެ ސަބަބުން ފާހަގަކޮށްލެވޭ އެއްޗެކެވެ. މިއީ ގިނަފަހަރު ސައިބޯނި ނުވަތަ ތުންފަތުގެ ކުލަ އިތުރުކުރާ ފޯމިއުލާތަކުގައި އެކުލަވާލެވޭ އެއްޗެކެވެ. މިއީ މޫނުގެ އަލިކަން އިތުރުކޮށް، ހަމުގެ ކުލަ އެއްވަރުކޮށް، އަދި ކޯތާފަތާއި ތުންފަތަށް ގުދުރަތީ ރީތިކަމެއް ގެނެސްދޭ އެއްޗެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އެއްޗެކެވެ.
އަކަރު ފާސީއަށް ގިނަފަހަރު ކިޔަނީ މޮރޮކޯގެ މައްޝޫރު ލިޕްސްޓިކްގެ ގޮތުގައިވެސް ބުނެވެއެވެ - މިއީ ގަރުނުތަކެއް ވަންދެން ބަރުބަރު އަންހެނުން ބޭނުންކުރަމުން އައި އެއްޗެކެވެ.
6. ނީލާ ސައިބޯނި އަދި ޕައުޑަރު: ހަނގަނޑު އަލިކުރުމުގެ ސިއްރު

ނީލާ ސައިބޯނި އަދި ޕައުޑަރު: ހަންގަނޑު އަލިކުރުމުގެ ސިއްރު
ޞަޙުރާއިން ސަހަރާއިން ލިބޭ ނީލާ (ނުވަތަ ނައިލް) ޕައުޑަރު އަދި ނީލާ ސައިބޯނި އަކީ ހަންގަނޑު އަލިކޮށް އަދި އޮމާންކުރުމުގެ އަސަރުތަކަށް ވަރަށް މަޝްހޫރު އެއްޗެކެވެ. ގިނަފަހަރު މޫނު ނުވަތަ ހަށިގަނޑުގެ މާސްކެއްގެ ގޮތުގައި ބޭނުންކުރާ ނީލާއިން ކަޅު ތަންތަން، ހަމުގެ ކުލަ ބަދަލުވުން، އަދި އެއްވަރު ނޫން ހަމުގެ ކުލަ ފިލުވައިދެއެވެ.ގިނަދުވަހު ބޭނުންކުރުމުން ހަން އިތުރަށް ހުދުކޮށް ހަމުގެ އަލިގަދަކޮށްދެއެވެ.ނީލާއަކީ ޚާއްޞަކޮށް ކައިވެނީގެ ކުރިން އަދި ޚާއްޞަ މުނާސަބަތުތަކުގެ ކުރިން މޮރޮކޯގައި މަޤްބޫލު އެއްޗެކެވެ.
7. ބްލެކް ސީޑް ނުވަތަ ކަޅުދިރި ތެޔޮ

ބްލެކް ސީޑް ނުވަތަ ކަޅުދިރި ތެޔޮ
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައިވެއެވެ. ބްލެކް ސީޓް އަކީ "މަރު ފިޔަވައި ހުރިހާ ބައްޔަކަށް ޝިފާއެކެވެ. މި އަޖައިބުކުރުވަނިވި ތެލަށް ނިގެއްލާ ސަޓީވާއޭ ކިޔައެވެ. މޮރޮކޯގައި ގޯގައި ގަރުނުތަކެއް ވަންދެން ބޭނުންކުރަމުން އައިސްފައިވަނީ އޭގައި އެކުލެވޭ ހަނގަނޑު ފަސޭހަކުރުމާއި ، ބެކްޓީރިއާ ނައްތާލުމާއި، އަދި އުމުރުން ދުވަސްވުމުގެ އަސަރު ކުޑަކުރުމުގެ އަސަރުތަކަށްޓަކައެވެ. މިއީ އެގްޒިމާ ފަސޭހަކޮށްދީ، ހިކިފައިވާ ހަނގަނޑަށް ތެތްކަން ގެނެސްދީ، ހަމުގެ ރޫތައް މަދުކޮށް، އަދި އިސްތަށި އަލުން ފެޅުވުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ.ހަންގަނޑަށް އަޅާލުމުގެ ނުވަތަ އިސްތަށިގަނޑު ދުޅަހެޔޮކޮށްދޭ ތެލުގެ އާދަތަކަށް ކަޅު ދިރި ތެލުގެ ދެތިން ފޮދު އިތުރުކުރުމަކީ ދުޅަހެޔޮކަމާއި ޒީނަތްތެރިކަމަށް ވަރަށް ބާރުގަދަ ކުރިއެރުމެކެވެ.
ޖިސްމާނީ ފައިދާތަކުގެ އިތުރުން، މޮރޮކޯގެ ހައްމާމަކީ ރޫޙު ސާފުކުރުމާއި، އަމިއްލަ ނަފްސާ އަލުން ގުޅުން ބަދަހިކުރުމާއި، އަދި ތިމާގެ ހަށިގަނޑަށް އަޅާލުމުގައި ލަސްލަހުން، އިތުރު ސަމާލުކަމެއް ދީގެން ކަންކުރުމުގެ ގޮތެއް ބަލައިގަތުމާ ބެހޭ ރިވެތި އާދަތަކެކެވެ. މިއީ ޒަމާނީ ސްޕާއެއްގައި ނުވަތަ ގޭގައި އަމިއްލައަށް މޮރޮކޯގެ އާދައިގެ އުފެއްދުންތަކާއެކު ކުރިޔަސް، މި އާދަކާދައިން ތިބާއަށް ދަޢުވަތު ދެނީ ހަމަޖެހިލައި، ސާފުވެލާ، އަދި ގުދުރަތީގޮތުން އަލިކަންގެނެސްދިނުމަށެވެ.
ދުނިޔެ ޖުމްލަގޮތެއްގައި ގުދުރަތީ އަދި ޠަބީޢަތާ ގުޅުންހުރި އަމިއްލަ އަޅާލުމަކަށް ބަދަލުވަމުންދާއިރު، މޮރޮކޯގެ ހައްމާމް އުފެއްދުންތައް ވަނީ ސަމާލުކަމުގެ މައިދާނަށް ނުކުންނަން ފަށާފައެވެ. މިކަން އާންމުވެފައިވަނީ ވަގުތީ ޒީނަތްތެރިކަމުގެ ޓްރެންޑްތަކެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް ޒަމާންވީ ދުޅަހެޔޮކަމާއި އާދަކާދައިގެ ދެމެހެއްޓެނިވި ވަސީލަތްތަކެއްގެ ގޮތުގައެވެ. ތިބާގެ ހަން ޑީޓޮކްސްކޮށް، ތިބާގެ އިހްސާސްތައް ހޭލުންތެރިކޮށް، އަދި ގަރުނުތަކެއް ވަންދެން ދެމިއޮތް ޒީނަތްތެރިކަމުގެ ރިވެތި އާދަތަކެކެވެ. މިއީ ޒަމާނީ ކެމިކަލް އެކުލެވޭ އުފެއްދުންތަކުން ދުރުވެލާ ގެއްލުން ނުލިބޭ ގޮތަށް ޒީނަތްތެރިވާން ރަނގަޅު އުކުޅުތަކެކެވެ.ރާއްޖޭގައިވެސް މިހާރު މޮރޮކޯގެ ހައްމާމް އުސޫލްތައް މަދުންނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ ބޭނުންކުރަމުންނެވެ. މޮރޮކޮން އެމްވީ ފަދަ އިންސްޓަގްރާމް ޕޭޖްތަކަކީ މިބައިވަތްތައް ރާއްޖެއަށް ފޯރުކޮށްދޭ ފަރާތްތަކެކެވެ.