Ads by Stelco

ޚަބަރު

1800 އަށްވުރެ ގިނަ ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ހޮނިހިރު އަދި އާދީއްތަ ދުވަހު ދެނީ

1800 އަށްވުރެ ގިނަ ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ހޮނިހިރު އަދި އާދީއްތަ ދުވަހު ދެނީ

2024 ވަނަ އަހަރު ބޭއްވުނު "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ޖަލްސާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖޫން 2025، 11:07

20 ޖޫން 2025، 11:07

ކިޔެވުމުގައި އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ދެވޭ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު އަދި އާދިއްތަ ދެ ދުވަހު ބާއްވާނެ ކަމަށް ތައުލީމީ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ. މި ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ މާލޭ ސޯޝަލް ސެންޓަރުގައެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވީ، 2023 އަދި 2024 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ހަވާލުކުރުމަށް މި ރަސްމިއްޔާތު 5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. މިއީ ދަރިވަރުންގެ މަސައްކަތަށް ސަރުކާރުން އަގުވަޒަންކޮށް، އެހެނިހެން ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތެކެވެ.

މި ރަސްމިއްޔާތުގައި، އިމްތިހާނުތަކުން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ތަފާތު އިނާމުތަކެއް ހަވާލުކުރެވޭނެއެވެ. އެގޮތުން، އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން 1ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ އިތުރުން، "އޭ" ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުން މި ރަސްމިއްޔާތުގައި އޮންނާނެއެވެ.

ޘާނަވީ އަދި މަތީ ޘާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ޖުމްލަ 1800 އަށްވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި "މަތީ އަރުތަވެރިންގެ އިނާމު" ޙާޞިލުކުރާނެއެވެ.

މީގެ ކުރިން 2022-2023 ވަނަ އަހަރު މަތީ ޘާނަވީ ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ވަނީ ހިމެނިފައެވެ. އަދި ޘާނަވީ ނިންމާ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުން ވަނީ އިނާމް ހާސިލްކޮށްފައެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާނު ނިމުނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެ އިމްތިހާނުގައި 8،362 ދަރިވަރުން ބައިވެރިވެރިވި އެވެ. އެއީ ކެމްބްރިޖް އައިޖީސީއީ އޯލެވެލް އިމްތިހާނުގައި ހެދި 7،666 ދަރިވަރުންނާއި އެސްއެސްސީ އިމްތިހާނު ހެދި 7،519 ދަރިވަރުންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS