Ads by Stelco

ޚަބަރު

އެމްޕީއެލްއިން އެސްޓީއޯމެދުވެރިކޮށް ބައިނަލްއަޤްވާމީ ކޮންޓެއިނަރ އުޅަނދަކަށް 250 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދީފި

އެމްޕީއެލްއިން އެސްޓީއޯމެދުވެރިކޮށް ބައިނަލްއަޤްވާމީ ކޮންޓެއިނަރ އުޅަނދަކަށް 250 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދީފި

250 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދެނީ ފޮޓޯ:އެމްޕީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖޫން 2025، 11:01

20 ޖޫން 2025، 11:01

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އުތުރު މެރިޓައިމް ސަރވިސް (ޔޫއެމްއެސް) އިން، ކެންޔާއިން އިންޑިއާއަށް ދަތުރުކުރަމުންދާ ބައިނަލްއަޤްވާމީ ކޮންޓެއިނަރ އުޅަނދެއް ކަމަށްވާ 'ވިންޑް 2' އަށް 250 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދީފިއެވެ.

 މި ޚިދުމަތް ދީފައިވަނީ އިހަވަންދިއްޕޮޅު އޮފް ޕޯޓް ލިމިޓްސް (އޯޕީއެލް) އިން ރޭގެ ވަގުތެއްގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެހީތެރިކަމާއެކުގައެވެ.

އެމްޕީއެލްއިން އެކުންފުނީގެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޔޫއެމްއެސްގެ ދަށުން 'ވިންޑް 2' ނަމަކަށް ކިޔާ ކޮންޓެއިނަރ އުފުލާ އުޅަނދަކަށް ޕައިލޮޓޭޖްގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. މި އުޅަނދަކީ ކެންޔާގެ މޮމްބާސާއިން އިންޑިޔާގެ ވިޒިންޖަމްއަށް ދަތުރުކުރަމުންދާ އުޅަނދެކެވެ. އެމްޕީއެލްއިން ހާމަކުރައްވާފައިވާ ގޮތުގައި މި އުޅަނދު ރާއްޖެއަށް އައީ ބަންކަރިންގއަށްޓަކައެވެ.

މި ޚިދުމަތަކީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ބައިނަލްއަޤްވާމީ ޝިޕިންގ ރޫޓްތަކަށް ޚިދުމަތް ދިނުމުގައި ޔޫއެމްއެސްގެ ޤާބިލުކަން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއްކަމަށް އެމްޕީއެލްއިން ފާހަގަކުރައްވައެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރަމުންދަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ. މި ބޯޓުތަކުން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS