Ads by Stelco

ޚަބަރު

މެރކް ފައުންޑޭޝަން ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ފަސްޓް ލޭޑީ ރާއްޖެ ވަޑައިގެންފި

މެރކް ފައުންޑޭޝަން ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ފަސްޓް ލޭޑީ ރާއްޖެ ވަޑައިގެންފި

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖޫން 2025، 10:50

20 ޖޫން 2025، 10:50

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޔުނައިޓަޑް ޢެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ދުބާއީގައި ބޭއްވުނު މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރާއްޖެ ވަޑައިގެންފިއެވެ.

މި ހިނގާ ޖޫންމަހުގެ 18 އިން 19 އަށް ދުބާއީގައި ކުރިއަށްދިޔަ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެން، ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ސަމިޓަކީ އަންހެނުން ބާރުވެރިކުރުވުމާއި ދަރިމައިވުމުގެ ޞިއްޙަތު ރަނގަޅުކުރުމަށް މަސައްކަތްކުރާ މުހިންމު ފޯރަމެކެވެ.

މިއަހަރުގެ ސަމިޓުގައި އެފްރިކާ އަދި އޭޝިޔާ ބައްރުގެ 14 ޤައުމެއްގެ ފަސްޓް ލޭޑީސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތަޢައްޞަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތަޢުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ޞިއްޙީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ. މި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙަތާއި ހައްގުތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން އެހީތެރިވެދޭނެ ފޯރަމެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS