ދުނިޔެ

އީރާނުގެ އަރާކް ނިއުކްލިއަރ ރިއެކްޓަރަށް ހަމަލާއެއް އަމާޒުވި ނަމަވެސް ރޭޑިއޭޝަންގެ ނުރައްކަލެއް ނެތް: އައިއޭއީއޭ

އީރާނުގެ އަރާކް ނިއުކްލިއަރ ރިއެކްޓަރަށް ހަމަލާއެއް އަމާޒުވި ނަމަވެސް ރޭޑިއޭޝަންގެ ނުރައްކަލެއް ނެތް: އައިއޭއީއޭ

އީރާނުގެ އަރާކް ނިއުކްލިއަރ ރިއެކްޓަރ ސަރަޙައްދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖޫން 2025، 03:53

19 ޖޫން 2025، 03:53

އީރާނުގެ އަރާކް ނިއުކްލިއަރ ރިއެކްޓަރަށް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން މިއަދު ހާމަކޮށްފިއެވެ. ނަމަވެސް މި ރިއެކްޓަރުގައި ނިއުކްލިއަރ މެޓީރިއަލް ނެތުމާއި، އަދި މިވަގުތު ރިއެކްޓަރު ހިންގަމުން ނުދާތީ ރޭޑިއޭޝަންގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

އައިއޭއީއޭ އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޚޮންދާބް ހެވީ ވޯޓަރ ރިއެކްޓަރު ނުވަތަ އަރާކް ރިއެކްޓަރަށް ހަމަލާއެއް އަމާޒުވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް، މި ރިއެކްޓަރު މިހާރު ބޭނުން ނުކުރާތީ އަދި އެތަނުގައި ނިއުކްލިއަރ މެޓީރިއަލް ނެތުމުގެ ސަބަބުން ރޭޑިއޭޝަންގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެ އޭޖެންސީން ކަށަވަރުކޮށްދީފައިވެއެވެ.

މީގެ އިތުރުން، އައިއޭއީއޭ އިން ހާމަކޮށްފައިވަނީ އެ ސަރަހައްދުގައި ހުރި ހެވީ ވޯޓަރ ޕްލާންޓަށް ހަމަލާއެއް އަމާޒުވެފައިވާ ކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

މި ހާދިސާއަކީ މެދުއިރުމަތީގެ ސަރަހައްދުގައި އިތުރަށް ހަލަބޮލިކަން އުފެދިދާނެ ކަމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އައިއޭއީއޭ އިން މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS