Ads by Stelco

ޚަބަރު

ތ. ގުރައިދޫ އެއަރޕޯޓު ހަދަން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ގުރައިދޫ އެއަރޕޯޓު ހަދަން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ގުރައިދޫ އެއަރޕޯޓު ހަދަން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފޮޓޯ:އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖޫން 2025، 02:53

19 ޖޫން 2025، 02:53

ކޮޅުމަޑުލު ގުރައިދޫގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން  ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދެއް ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކުރެވުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމާއި، 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 106.02 މިލިއަން ރުފިޔާއެވެ.

2,272 މީހުންގެ އާބާދީއެއް އޮންނަ ތ. ގުރައިދޫއަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރަމުން އަންނަ ރަށެކެވެ. މި ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަން ވިޔުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް މަސައްކަތްކުރަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.

ގުރައިދޫގައި އެއަރޕޯޓެއް ގާއިމުކުރުމަކީ ރަށުގެ ރައްޔިތުންގެ ދުވަސްވީ ބޮޑު ހުވަފެނެކެވެ. އެއަރޕޯޓުގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރިއަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރަށުގެ ރައްޔިތުން އުންމީދުކުރެއެވެ.

ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި، ގުރައިދޫގައި އެއަރޕޯޓެއް ހުޅުވިގެންދިއުމަކީ މުޅި ތ. އަތޮޅަށްވެތޮޅަށްވެސް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. އަދި އެއަރޕޯޓްގެ ސަބަބުން އެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS