ދުނިޔެ

އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުގެ ވިސްނުން: އިތުރު ހަނގުރާމައަކަށް މަގުފަހިވެދާނެތަ؟

އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުގެ ވިސްނުން: އިތުރު ހަނގުރާމައަކަށް މަގުފަހިވެދާނެތަ؟

އެމެރިކާ އަދި އިރާން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖޫން 2025، 02:39

19 ޖޫން 2025، 02:39

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ފޯޑޯ ނިއުކްލިއަރ ޕްލާންޓަށް  ހަމަލާއެއް ދިނުމަށް ރޭވި ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އީރާނުން އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ދޫކޮށްލުމަށް އެއްބަސްވޭތޯ ބެލުމަށް ޓްރަމްޕް މަޑުކުރަމުންދާ ކަމަށްވެސް ބުނެވެއެވެ.

މެދުއިރުމަތީގެ ކަންކަމުގައި އެމެރިކާގެ ސިފައިން ބައިވެރިވުމުގެ ތާރީޚަށް ބަލާއިރު، ކުރިން ރޭވިފައިވާ ގޮތަށްވުރެ އިތުރަށް ހަނގުރާމައިގެ ތެރެއަށް ވަދެގެން ދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވެއެވެ. މިކަމަށް "މިޝަން ކްރީޕް" އޭ ކިޔައެވެ.

"ފިއާސްކޯ: ދަ އެމެރިކަން މިލިޓަރީ އެޑްވެންޗަރ އިން އިރާޤް" ފޮތުގެ މުސައްނިފު ޓޮމް އީ ރިކްސް ވިދާޅުވި ގޮތުގައި، "އެމެރިކާ އީރާނާ ދެކޮޅަށް ހަނގުރާމައަށް ދާނަމަ - އަދި މިވަގުތު އޭނާ ހިތުން އެކަން ނުވާނެކަމަށެެވެ.އެހެންނަމަވެސް އެންމެންނަށް އެނގޭ ފަދައިން، ހަނގުރާމައެއްގެ ތެރެއަށް ވަދެއްޖެނަމަ، ގިނަ ކަންތައްތަކެއް ބަދަލުވެދާނެ ކަމަށާއި ހަނގުރާމައަކަށް ވަނުމަށްވުރެ އޭގެން ނުކުތުން މާ އުނދަގޫވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިހާރު ހިނގަމުންދާ ކަންތައްތަކަކީ 2003 ވަނަ އަހަރު އިރާޤަށް އެމެރިކާ އިންވޭޑްކުރި ހާދިސާއާ އަޅާކިޔޭ ކަމެއް ނޫންކަމަށް ބައެއް މާހިރުން ދެކެއެވެ. އޭރު އެމެރިކާއިން އިސްނަގައިގެން ހިންގި ހަނގުރާމައެއްގެ ގޮތުގައި އިރާޤުގެ ހަނގުރާމަ ފާހަގަކުރެވެއެވެ. ނަމަވެސް މިހާރު މިވަނީ އިސްރާއީލުން އިސްނަގައިގެން ހިންގާ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވަދެގެން ދާ މަންޒަރެވެ.

މެދުއިރުމަތީގެ އިންސްޓިޓިއުޓްގެ ސީނިއަރ ފެލޯ ޕޯލް ސަލެމް ވިދާޅުވި ގޮތުގައި، "އިރާޤަކީ އެމެރިކާގެ ހަނގުރާމައެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އަހަރެމެންނަށް ފެންނަމުންދަނީ ތަފާތު މަންޒަރެކެވެ. އިސްރާއީލުން އިސްނަގައިގެން ރާވާފައިވާ އަދި އިސްރާއީލުގެ މަޤްޞަދުތަކަށް އަމާޒުކޮށްފައިވާ ހަނގުރާމަތަކެއްގެ ތެރެއަށް އެމެރިކާ ވަދެގެން ދިއުމެވެ."

އެމެރިކާގެ ރައީސް ޓްރަމްޕް އީރާނަށް ހަމަލާ ދިނުމަށް ނިންމައިފިނަމަ، އެކަން ކުރާނީ 2003 ވަނަ އަހަރުގެ ހަނގުރާމައާ އެއްގޮތް ސަބަބުތަކެއް ދައްކައިގެން ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ އެއްގޮތަކަށްވެސް އެއްވައްތަރެއްގެ ދެ ހާދިސާއެއް ނޫނެވެ.
2003 ވަނަ އަހަރު އެމެރިކާއިން ދެއްކި ގޮތުގައި އިރާޤުގައި ނިއުކްލިއަރ ހަތިޔާރު ހުރި ކަމަށް ބުނި ނަމަވެސް، އެއީ ދޮގު މަޢުލޫމާތެކެވެ. މިހާރު އީރާނުގެ ހާލަތު މިއާ ތަފާތެވެ. އީރާނުގައި ނިއުކްލިއަރ ޕްރޮގްރާމެއް އޮތްކަން ޔަޤީނެވެ. އަދި އެކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތްކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން މުޅި ސަރަޙައްދުގައި ހަނގުރާމައިގެ ހާލަތު އުފެދިފައިވާކަން ފާހަގަކުރެވެއެވެ. އިސްރާއީލުގެ ސިފައިން ޣައްޒާގައި ވަނީ ފައިމަގުގައި ސިފައިންގެ އޮޕަރޭޝަނެއް ފަށާފައެވެ. އަދި ލެބަނޮނުގައި ހިޒްބުއްލާ ބަލިކަށިކޮށްލުމަށާއި ސީރިއާގައި ހަމަލާތައް ދިނުމަށް އިސްރާއީލުން ވަނީ މަސައްކަތްކޮށްފައެވެ.

މި ހުރިހާ ކަމަކާ އެކު، އެމެރިކާގެ ރައީސް ޓްރަމްޕް އީރާނަށް ހަމަލާ ދިނުމަށް ނިންމައިފިނަމަ، އެކަމުގެ ނަތީޖާ ވަރަށް ބޮޑުވެ، އިތުރު ހަނގުރާމައަކަށް މަގުފަހިވެދާނެކަމުގެ ބިރު ބައެއް މާހިރުން ފާޅުކުރަމުންދެއެވެ. މިކަމުގައި އެމެރިކާގެ ކުރީގެ ތަޖުރިބާތަކަށް ބަލާއިރު، ކުރިން ރޭވިފައިވާ ގޮތަށްވުރެ އިތުރަށް ހަނގުރާމައިގެ ތެރެއަށް ވަދެގެން ދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވެއެވެ.

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS