Ads by Stelco

ޚަބަރު

ޤަވާއިދާ ޚިލާފު ބިދޭސީން އުފުލާ އުޅަނދުފަހަރުގެ ކެޕްޓަނުންނާމެދު ފިޔަވަޅު އަޅަން ނިންމައިފި

ޤަވާއިދާ ޚިލާފު ބިދޭސީން އުފުލާ އުޅަނދުފަހަރުގެ ކެޕްޓަނުންނާމެދު ފިޔަވަޅު އަޅަން ނިންމައިފި

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖޫން 2025، 12:28

19 ޖޫން 2025، 12:28

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެއްރަށުން އަނެއް ރަށަށް އުފުލާ އުޅަނދުފަހަރުގެ ކެޕްޓަނުންނާމެދު ފިޔަވަޅު އަޅާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު އިހްސާން ވިދާޅުވި ގޮތުގައި، ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފެރީ އުޅަނދުފަހަރުގެ ކެޕްޓަނުން އެ އުޅަނދަކަށް އަރާ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްތޯ ޔަގީންކުރުމަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު އުފުލައިފިނަމަ އެ ކެޕްޓަނަކާމެދު ފިޔަވަޅު އެޅޭނެ ގަވާއިދުތައް ތައާރަފްކުރާނެ ކަމަށްވެސް  ވިދާޅުވިއެވެ.

މިނިސްޓަރު އިހްސާން ވިދާޅުވި ގޮތުގައި، މިހާރު ތައާރަފްކޮށްފައިވާ އައު ނިޒާމުގެ ދަށުން ކައުންސިލް އިދާރާތަކުގައި ތިބޭ އެންފޯސްކުރާ މުވައްޒަފުންނަށް ނުވަތަ ފުލުސް އޮފިސަރުންނަށް ފޯނު އެޕްލިކޭޝަނެއް މެދުވެރިކޮށް ބިދޭސީ މީހާގެ ފޮޓޯއެއް ނަގާލުމުން އެ މީހެއްގެ ސްޓޭޓަސް ފެންނާނެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ ވިޔަފާރިތަކަށް ގެއްލުންވަމުންދާ، އަދި އިޖުތިމާއީ އެތައް މައްސަލައެއް ދިމާވަމުންދާ ކަމެކެވެ. އަދި މީގެ ސަބަބުން ޖިނާއީ ކުށްތައްވެސް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ހަރުކަށިކޮށް އެންފޯސްކުރާނީ. ސަބަބަކީ މިއީ މިހާ ބޮޑު މައްސަލައަކަށްވާތީ. މި ދައުރުގެ ތެރޭގައި މިކަން ހައްލުކުރާނަން މިނިސްޓަރު 

މިނިސްޓަރު އިހްސާން އިތުރަށް ވިދާޅުވީ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަންނަން މިހާރު ހުޅުވާލާފައިވާ ދޮރު ބަންދުވުމަށްފަހު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަންނަން ދެން އިތުރު ފުރުސަތު ނުލިބޭނެކަމަށެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތްކުރާނީ އެންމެ ހަރުކަށި ފިޔަވަޅުތަކާއެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS