ދުނިޔެ

އިސްރާއީލުގެ އެފް-35 ހަނގުރާމަ ޖެޓެއް އިރާނުން ވައްޓާލައިފި

އިސްރާއީލުގެ އެފް-35 ހަނގުރާމަ ޖެޓެއް އިރާނުން ވައްޓާލައިފި

އިސްރާއީލުގެ އެފް-35 ހަނގުރާމަ ޖެޓެއް އިރާނުން ވައްޓާލައިފި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖޫން 2025، 11:32

18 ޖޫން 2025، 11:32

މިދިޔަ އަންގާރަ ދުވަހު އިރާނުގެ ހަނގުރާމަވެރި ބާރުތަކުން އިސްރާއީލުގެ އެފް-35 ހަނގުރާމަ ޖެޓެއް ވައްޓާލައިފިކަމަށް އިރާނުގެ އީސްޓް އަޒަރްބައިޖާން ކްރައިސިސް މެނޭޖްމަންޓް ޑައިރެކްޓަރ ޖެނެރަލް މަޖީދު ފަރްޝީ ވިދާޅުވެއްޖެއެވެ. އިރާނުގެ ޓަބްރީޒް ސަރަހައްދުގައި ހިންގުނު މި އޮޕަރޭޝަނުގައި އިސްރާއީލުގެ ދެ ޑްރޯން ވެސް ވަނީ ވައްޓާލެވިފައެވެ.

ފަރްޝީ އައިއާރްއެންއޭއަށް ދެއްވި މަޢުލޫމާތުގައި، އިސްރާއީލުން ޓަބްރީޒްގެ ތިން ސަރަހައްދަކަށް މައިކްރޯ އެއަރ ވެހިކަލްތަކުން ހަމަލާ ދިނުމުން، އިރާނުގެ އެއަރ ޑިފެންސް ސިސްޓަމުން އެއަށް ވަގުތުން ޖަވާބުދީފައިވާ ކަމަށް ވިދާޅުވިއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ހަނގުރާމައިގެ ޙާލަތުގެ ތެރެއިން އިރާނުން އިސްރާއީލުގެ އެފް-35 ޖެޓެއް ވައްޓާލި ހަތަރުވަނަ ފަހަރެވެ.

މި ހަމަލާތައް ފެށިފައިވަނީ ޖޫން 13 ވަނަ ދުވަހުގެ ރޭ އިސްރާއީލުން އިރާނުގެ އެތެރޭގައި ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އިރާނުގެ އާންމު ރައްޔިތުންނާއި ސީނިއަރ އަސްކަރީ ވެރިން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި އިރާނުގެ ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން ޖެނެރަލް މުޙައްމަދު ބާޤިރީ އަދި އައިއާރްޖީސީގެ ޗީފް ކޮމާންޑަރ ޖެނެރަލް ޙުސައިން ސަލާމީ ހިމެނެއެވެ.

އިރާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އިސްރާއީލުގެ އިންޓެލިޖެންސް މަރުކަޒަކަށް ހަމަލާ ދިނުމަށް އައު، ފެންނަން ނުހުންނަ މިސައިލެއް ބޭނުންކޮށްފައިވާ ކަމަށެވެ. ބްރިގޭޑިއަރ ޖެނެރަލް ރިޒާ ޠަލާއީ-ނިކް ވިދާޅުވީ މި ހަމަލާގައި ބޭނުންކުރި މިސައިލްތަކަކީ ޓްރެކް ނުކުރެވޭ އަދި އިންޓަރސެޕްޓް ނުކުރެވޭ ބާވަތުގެ މިސައިލްތަކެއް ކަމަށެވެ. އަދި މިފަދަ ހަމަލާތައް ކުރިއަށް އޮތްތަނުގައި ވެސް ދެމުންދާނެ ކަމަށް އިންޒާރު ދެއްވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS