ދުނިޔެ

އިސްރާއީލުން އީރާނުގެ މާލީ ނިޒާމަށް ސައިބަރ ހަމަލާއެއް ދީފި

އިސްރާއީލުން އީރާނުގެ މާލީ ނިޒާމަށް ސައިބަރ ހަމަލާއެއް ދީފި

އިސްރާއީލުން އީރާނުގެ މާލީ ނިޒާމަށް ސައިބަރ ހަމަލާއެއް ދީފި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2025، 05:18

17 ޖޫން 2025، 05:18

އިސްރާއީލުން އީރާނުގެ މާލީ ނިޒާމަށް ސައިބަރ ހަމަލާއެއް ދިނުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ގޯސްވެއްޖެއެވެ. އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ހަމަލާގެ ސަބަބުން އީރާނުގެ އެކި ސިޓީތަކުގައި ހުރި އޭޓީއެމްތައް ބަންދުވެ، ރައްޔިތުންނަށް އެމީހުންގެ އެކައުންޓުތަކަށް ނުވަދެވެއެވެ.

މި ހަމަލާ އައިސްފައިވަނީ އީރާނުން އިސްރާއީލުގެ މީޑިއާ އައުޓްލެޓްތަކާއި ސިވިލް ކޮމިއުނިކޭޝަން ނެޓްވޯކްތަކަށް ސައިބަރ ހަމަލާތަކެއް ދިނުމަށްފަހުގައެވެ. މީގެ ތެރޭގައި އިސްރާއީލުގެ ޓީވީ ޗެނަލް "ކޮލައިވް"  ހެކް ކުރުމާއި، އާންމު ބޭނުންތަކަށް ބޭނުންކުރާ ވެބްސައިޓްތަކަށް ވަދެ، އިސްރާއީލުގެ ރައްޔިތުންނަށް ސީދާ މެސެޖު ފޮނުވުން ހިމެނެއެވެ.


އިސްރާއީލުގެ އޮފިޝަލުން ވަނީ މިކަން ކަށަވަރުކޮށްދީ، އީރާނުގެ ސައިބަރ ހަމަލާގެ ބައެއްގެ ގޮތުގައި މިކަން ހިނގާފައިވާކަމަށް ބުނެފައެވެ. އަދި ރައްޔިތުންނަށް ވަނީ ނުބައި މެސެޖުތަކަށް އިޖާބަ ނުދިނުމަށް އިރުޝާދު ދީފައެވެ.

މި ހާދިސާއާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ވަނީ އިސްރާއީލުގެ ރައްޔިތުންނަށް ޓެލް އަވީވު ދޫކޮށް ދިއުމަށް އިންޒާރު ދީފައެވެ. 

                    

މި ލިޔުން ކިޔާލުމުން

Ads by MSS