ދުނިޔެ

އިޒްރޭލުން މިކުރަނީ މުޅި އިންސާނިއްޔަތަށް ފައިދާހުރި ކަމެއް: ނެތަންޔާހޫ

އިޒްރޭލުން މިކުރަނީ މުޅި އިންސާނިއްޔަތަށް ފައިދާހުރި ކަމެއް: ނެތަންޔާހޫ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2025، 02:37

17 ޖޫން 2025، 02:37

އިޒްރޭލުން މިހާރު ކުރަމުންދާ މަސައްކަތަކީ މުޅި އިންސާނިއްޔަތަށް ފައިދާހުރި ކަމެއް ކަމަށް 
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ.  އޭބީސީ ނިއުޒްއަށް ދިން އިންޓަވިއުއެއްގައި ނެތަންޔާހޫ ބުނީ އިރާނާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ މަސައްކަތަކީ ހެވާއި  ނުބައިގެ ހަނގުރާމައެއް ކަމަށެވެ.

"މިއަދު އަމާޒުކުރަނީ ޓެލް އަވީވަށް. މާދަމާ އަމާޒުކުރާނީ ނިއުޔޯކަށް. އަޅުގަނޑަށް އެނގޭ 'އެމެރިކާ ފަސްޓް'. އެކަމަކު އަޅުގަނޑަކަށް ނޭނގޭ 'އެމެރިކާ ޑެޑް'. އެއީ މި މީހުން ބޭނުންވާ އެއްޗަކީ. އެމީހުން ގޮވަނީ 'ޑެތް ޓު އެމެރިކާ'. އެހެންވީމާ އަޅުގަނޑުމެން މިކުރަނީ މުޅި އިންސާނިއްޔަތަށް ފައިދާހުރި ކަމެއް. މިއީ ހެވާއި ނުބައިގެ ހަނގުރާމައެއް. އެމެރިކާއިން ހެޔޮ ފަރާތާއެކު ތިބެންޖެހޭނެ. އަދި ތިބޭނެ. އެއީ ރައީސް ޓްރަމްޕް ކުރައްވާ ކަމަކީ. އަޅުގަނޑު އެކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ނެތަންޔާހޫ ބުންޏެވެ.

އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާލުމަށް އިޒްރޭލުން ކުރާ މަސައްކަތަށް އެމެރިކާއިން އެހީތެރިވުމަކީ އެމެރިކާގެ މަސްލަހަތު އޮތް ކަމެއް ކަމަށްވެސް ނެތަންޔާހޫ ވަނީ ބުނެފައެވެ. އިރާނުގެ އެންމެ މަތީ ފެންވަރުގެ ނިއުކްލިއަރ ސައިންޓިސްޓުން އަމާޒުކޮށްފައިވާ ކަމަށާއި، އެއީ "ހިޓްލަރުގެ ނިއުކްލިއަރ ޓީމް" ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިރާނުގެ އިސްވެރިޔާ އަލީ ޚާމެނީ އަމާޒުކުރުމަކީ އިޒްރޭލާއި އިރާނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމަ ނިންމާލާނެ ކަމެއް ކަމަށް ނެތަންޔާހޫ ވަނީ ބުނެފައެވެ. މިއީ ހަނގުރާމަ އިތުރަށް ބޮޑުވެގެންދާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ހަނގުރާމަ ނިންމާލަން އިރާނުން ބޭނުންވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ރިޕޯޓުކޮށްފައިވާ ކަމަށް ބުނެ ސުވާލުކުރުމުން، އިރާނުން ބޭނުންވަނީ ދޮގު ވާހަކަދައްކައި، އެމެރިކާ މަގުފުރައްދާލުން ކަމަށް ނެތަންޔާހޫ ވަނީ ބުނެފައެވެ. އިރާނުން ބޭނުންވަނީ ނިއުކްލިއަރ ހަތިޔާރާއި ބެލިސްޓިކް މިސައިލް އުފެއްދުންފެއްދުން ކުރިއަށް ގެންދިއުން ކަމަށްވެސް އޭނާ ތުހުމަތުކުރިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS