ދުނިޔެ

ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބިރުން ޓްރަމްޕް ޖީ7 ސަމިޓުން އަވަސް އަވަހަށް ފުރައިވަޑައިގެންފި

ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބިރުން ޓްރަމްޕް ޖީ7 ސަމިޓުން އަވަސް އަވަހަށް ފުރައިވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2025، 11:45

17 ޖޫން 2025، 11:45

މެދުއިރުމަތީގައި ހަނގުރާމައިގެ އަލިފާން ރޯވަމުންދާ ވަގުތެއްގައި، ކެނެޑާގައި ބޭއްވުނު ޖީ7 ސަމިޓުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލިއަކަށް ފުރައިގެން ގޮސްފިއެވެ. ސަމިޓުގެ އެންމެ ފަހު ދުވަހުގެ ބައްދަލުވުންތަކުގައި ބައިވެރިނުވެ ޓްރަމްޕް ވޮޝިންގްޓަނަށް ދިޔުމަށް ނިންމީ "މެދުއިރުމަތީގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން" ކަމަށް ވައިޓް ހައުސްގެ ނޫސްވެރިޔާ ކެރޮލައިން ލެވިޓް ވިދާޅުވިއެވެ.

ޖީ7 ގައުމުތަކުގެ ލީޑަރުން ވަނީ މެދުއިރުމަތީގައި ހަނގުރާމަ ހުއްޓުވުމަށާއި، ޚާއްޞަކޮށް ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެ ސަރަހައްދުގައި އަމާންކަމާއި ހަމަޖެހުން ގާއިމުކުރުމަށް އެ ގައުމުތަކުން މަސައްކަތްކުރާނެކަން ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އިސްރާއީލަށް އަމިއްލަ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އޮތްކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޓްރަމްޕް ސަމިޓުން ފުރައިގެން ދިޔުމާ ގުޅިގެން، އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގޓް ހެގްސެތް ވަނީ މެދުއިރުމަތީގައި އެމެރިކާގެ "ދިފާއީ ގާބިލުކަން އިތުރުކުރުމަށް" އިތުރު ބާރުތަކެއް ފޮނުވާނެކަމަށް އިއުލާނުކޮށްފައެވެ. ނަމަވެސް އެމެރިކާއިން އިސްރާއީލާއެކު އީރާނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވާނެކަމަށް ދެކެވޭ ވާހަކަތައް އެމެރިކާގެ އިސް އޮފިޝަލުން ދޮގުކޮށްފައިވެއެވެ.

ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި އީރާނުގެ ވެރިރަށް ޓެހްރާނުގެ ރައްޔިތުންނަށް އެ ސިޓީ ދޫކޮށް ދިއުމަށް ގޮވާލާފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. 

                    

މި ލިޔުން ކިޔާލުމުން

Ads by MSS