ދުނިޔެ

އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައި އެމެރިކާގެ ސިއްރު އެހީތެރިކަންވާކަން ހާމަވެއްޖެ

އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައި އެމެރިކާގެ ސިއްރު އެހީތެރިކަންވާކަން ހާމަވެއްޖެ

އޭޖީއެމް-114 ހެލްފަޔަރ މިސައިލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖޫން 2025، 05:34

16 ޖޫން 2025، 05:34

މެދުއިރުމަތީގެ ޚަބަރު ވިއުގަ "މިޑްލް އީސްޓް އައި" އިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުން އިރާނުގެ އަސްކަރީ އަދި ނިއުކްލިއަރ ތަންތަނަށް ދިން ބޮޑު ހަމަލާގެ ތިން ދުވަސް ކުރިން، އެމެރިކާއިން އިސްރާއީލަށް 300 އޭޖީއެމް-114 ހެލްފަޔަރ މިސައިލް ފޮނުވާފައިވާ ކަމަށް ވަނީ ހާމަވެފައެވެ. 

މި މަޢުލޫމާތު ހާމަކޮށްފައިވަނީ އެމެރިކާގެ ދެ އޮފިޝަލެއްގެ ހަވާލާ ދީގެންނެވެ.ޖެރޫސަލަމް ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި މިސައިލްތައް ފޮނުވާފައިވަނީ މިއަހަރުގެ ކުރީކޮޅު ކޮންގްރެސްއިން ފާސްކޮށްފައިވާ 7.4 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

 އެމެރިކާގެ ސަރުކާރުން މި ހަމަލާއާ ގުޅުން ނެތްކަމަށް ބުނެފައިވީ ނަމަވެސް، މިސައިލްތައް ފޮނުވި އަދަދާއި ވަގުތުން، އެމެރިކާގެ ސަރުކާރަށް މި ހަމަލާގެ މަޢުލޫމާތު އެނގި، އެކަމަށް ތާއީދުކުރި ކަމަށް ބެލެވެއެވެ.

އިސްރާއީލުން "އޮޕަރޭޝަން ރައިޒިންގ ލަޔަން" ގެ ނަމުގައި ޖޫން 13 ގައި ފެށި ހަމަލާތަކުގައި، އިރާނުގެ ނިއުކްލިއަރ ތަންތަނާއި، ޓެހުރާނާއި އިސްފަހާނުގައި ހުރި ރިވޮލިއުޝަނަރީ ގާޑުގެ މަރުކަޒުތަކަށް 200 އަށްވުރެ ގިނަ އެއަރ ސްޓްރައިކް ދީފައިވެއެވެ. މި ހަމަލާތަކުގައި އިރާނުގެ އިސް ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުން މަރުވެފައިވާ ކަމަށް ރިޕޯޓު ކުރެވެއެވެ.

މި ހަމަލާތަކާ ގުޅިގެން އިރާނުން ވަނީ އިސްރާއީލުގެ ޓެލް އަވީވްއާއި ޖެރޫސަލަމް ފަދަ ސިޓީތަކަށް ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތަކުން ހަމަލާ ދީފައެވެ. ނަމަވެސް، އިސްރާއީލުގެ ދިފާޢީ ނިޒާމުތަކާއި އެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ ނިޒާމުތަކުން ގިނަ މިސައިލްތައް ވަނީ ހުއްޓުވާލާފައެވެ.

މި ހާދިސާއާ ގުޅިގެން، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ މިއީ އިސްރާއީލުގެ އަމިއްލަ ޢަމަލެއް ކަމަށާއި، އެމެރިކާއިން މި ހަމަލާތައް ރޭވުމުގައި ސީދާ ބައިވެރިވެފައި ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް، މިހާރު ހާމަވެފައިވާ މަޢުލޫމާތުތަކުން، އެމެރިކާއިން އިސްރާއީލަށް ދީފައިވާ އެހީތެރިކަމުގެ މިންވަރު ދައްކުވައިދެއެވެ.



                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS