ދުނިޔެ
އީރާނުން މިފަހަރު ފޮނުވާލި މިސައިލްތައް އަމާޒުވީ އިސްރާއީލުގެ ސިޓީއެއް ކަމަށްވާ ހައިފާގެ އިންޖީނުގެއަކަށް

ހައިފާއަށް މިސައިލް އަމާޒުވި ވަގުތު/ފޮޓޯ: ދަ ގާޑިއަން
ރޭގެ ވަޤުތެއްގައި އީރާނުން ފޮނުވާލި މިސައިލްތައް އިސްރާއީލުގެ ސިޓީއެއް ކަމަށްވާ ހައިފާގެ އިންޖީނު ގެއަކަށް އަމާޒުވެއްޖެއެވެ.
އީރާނުން އިސްރާއީލަށް މިހާރު ފޮނުވަމުންދާ ޙަމަލާތަކަކީ، އިސްރާއިލުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ފޮނުވި ޙަމަލާތަކާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުން ފޮނުވާ ޙަމަލާތަކެކެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުން ރޭގެ ވަޤުތެއްގައި އިސްރާއީލަށް ފޮނުވާލި މިސައިލްތަކުގެ ޙަމަލާ އަމާޒުވެފައިވަނީ އިސްރާއީލުގެ ސިޓީއެއް ކަމަށްވާ ހައިފާގައި ހުންނަ އިންޖީނު ގެއަކަށެވެ. މި ޙަމަލާގައި އިންޖީނު ގޭގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ. އަދި މި ހަމަލާ އިންޖީނު ގެއަށް އަމާޒުވުމުގެ ސަބަބުން އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުމުގެ މަޢުލޫމާތުތައް އަދި ސާފެއް ނުވެއެވެ.
އިސްރާއީލުން ދަނީ އެ ޤައުމަށް ރައްދުވަމުންދާ ޙަމަލާތަކުގެ މަޢުލޫމާތު މުޅި ދުނިޔެއަށް ދައްކަމުންދާ ނޫސްވެރިންނަށް ހުރަސްއަޅަމުންނެވެ. އެގޮތުން، އީރާނުން ފޮނުވާ މިސައިިލްތަކުގައި އިސްރާއީލަށް ލިބޭ ގެއްލުން ވީޑިއޯކޮށް މުޅި ދުނިޔެއަށް މި މަންޒަރުތައް ނުދެއްކުމަށް އިސްރާއީލުގެ ވެރިން އަންނަނީ އެޤައުމުގެ ނޫސްވެރިން ގާތު ބުނަމުންނެވެ.
ރޭ އީރާނުން ފޮނުވާލި މިސައިލް ހަމަލާތައް ހައިފާގެ އިތުރުން، ވެރިރަށް ޓެލް އަވިވް އާއި، އެއިލަޓް އާއި، މެދުތެރޭގެ ބައެއް ސަރަހައްދުތަކާއި ދެކުނުގެ ސަރަހައްދުތަކަށް ވެސް ވަނީ ރައްދުވެފައެވެ.