ދުނިޔެ
ޕެރޫއަށް ބާރުގަދަ ބިންހެލުމެއް އައިސް އެކަކު މަރުވެއްޖެ

ބިންހެލުން އައި ވަގުތު/ފޮޓޯ: ސީއެންއެން
ޕެރޫއަށް ބާރުގަދަ ބިންހެލުމެއް އައިސް އެކަކު މަރުވެއްޖެއެވެ.
އެ ޤައުމަށް ބިންހެލުމެއް އައިސްފައިވާކަން ކަށަވަރުކޮށްދީފައި ވަނީ، ބިންހެލުންތައް މޮނިޓަރު ކުރަމުން އަންނަ ޕެރޫގެ އިދާރާއެއް ކަމަށްވާ ނޭޝަނަލް ސެންޓަރ ފޯ ސެސްމޮލޮޖީއިންނެވެ.
ނޭޝަނަލް ސެންޓަރ ފޯ ސެސްމޮލޮޖީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕެރޫއަށް މި ބިންހެލުން އައިސްފައިވަނީ ވެރިރަށް ލީމާ ކައިރީގައި އޮންނަ ކަލައޯއާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުން، ރެކްޓަރު މިންގަނޑުން 6.1 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އަދި މި ބިންހެލުމާއި ގުޅިގެން ފާރެއް ވެއްޓި އެކަކު މަރުވެފައިވާއިރު އެތައް ބަޔަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައިކަމަށް އެޤައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ބިންހެލުމުގެ ސަބަބުން ވެރިރަށް ލީމާގެ އެކި ސަރަޙައްދުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސްފައިވާއިރު، ބިންހެލުމާއި ގުޅިގެން ޕެރޫއަށް ސުނާމީގެ އެއްވެސް އިންޒާރެއް ދީފައެއް ނުވެއެވެ.