ވިޔަފާރި

އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނެސް އެކްސްޕޯގައި އިނާމުތަކާއެކު ފިޒިއޯ ސޮލޫޝަންސްގެ ޚިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު

އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނެސް އެކްސްޕޯގައި އިނާމުތަކާއެކު ފިޒިއޯ ސޮލޫޝަންސްގެ ޚިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު

އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނެސް އެކްސްޕޯ، ފޮޓޯ: ހަސަން އިޔާދު/ފަރުދުން

farudhun logo

ފަރުދުން

14 ޖޫން 2025، 01:32

14 ޖޫން 2025، 01:32

ފިޒިއޮތެރަޕީއަށް ޚާއްޞަކޮށްގެން ފުޅާ ދާއިރާއެއްގައި ފިޒިއޮތެރަޕީގެ ޚިދުމަތް ދެމުންގެންދާ ފިޒިއޯ ސޮލޫޝަންސްއިން މި އަހަރުގެ އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނެސް އެކްސްޕޯގައި ވަނީ ބައިވެރިވެފައެވެ. މި އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލްޕާކުގައި މިމަހުގެ 13އިން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިޒިއޯ ސޮލޫޝަންސްގެ ސްޓޯލުން އެ ސެންޓަރުން ދޭ ޚިދުމަތްތަކާއި ފިޒިއޮތެރަޕީއާ ގުޅޭ މަޢުލޫމާތު ލިބެން ހުންނާނެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ އިނާމު ލިބޭ ހަރަކާތްތައް މި ސްޓޯލުގައި ފުރަތަމަ ދުވަހު ވެސް ކުރިއަށްގެންގޮސްފައިވެއެވެ. އަދި މީގެ އިތުރުން މި އެކްސްޕޯގައި އެ ސެންޓަރުންވަނީ ފިޒިއޮތެރަޕީގެ ފަރުވާ ފެށުމުގެ ކުރިން ޙާލަތު ދެނެގަތުމަށް ބޭނުންކުރާ އާލާތެއް ކަމަށްވާ "ބޯބޯ ޕްރޯ 2.0" ތަޢާރަފުކޮށްފައެވެ. ޕިޒިއޯ ސޮލޫޝަންސްއިން ހާމަކުރިގޮތުގައި މި އެކްސްޕޯގައި ބައިވެރިވުމަކީ ޚިދުމަތްތައް އާންމުންނަށް ތަޢާރަފުކޮށް، ފިޒިއޮތެރޮތެރަޕީގެ މުހިންމުކަން ހާމަކޮށްދިނުމަށް ލިބިގެންދިޔަ ރަނގަޅު ފުރުޞަތެކެވެ.

ފިޒިއޯ ސޮލޫޝަންސްއިން މިހާރު ވަނީ ޚިދުމަތް ފުޅާކުރުމަށްޓަކައި އެ ސެންޓަރު ހިންގާ އިމާރާތުގެ އިތުރު ފަންގިފިލާއެއްގައި ޚިދުމަތް ދޭން ފަށާފައެވެ.  މިއާއެކު އިތުރު ޚިދުމަތްތަކެއް ތަޢާރަފުކުރެވި، ގިނަ ބަޔަކަށް ޚިދުމަތް ދެވޭނެ ކަމަށް ފިޒިއޯ ސޮލޫޝަންސްއިން ފާހަގަކޮށްފައިވެއެވެ. 

އެޑިއުކޭޝަން އެންޑް ވެލްނެސް އެކްސްޕޯ 2025ގައި ފިޒިއޯ ސޮލޫޝަންގެ އިތުރުން ތަޢުލީމީ ދާއިރާއާ ގުޅުންހުރި ގިނަ ސްޓޯލުތަކެއް ޤާއިމްކޮށްފައިވެއެވެ. މި އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލްޕާކުގައި މިމަހުގެ 13، 14 އަދި 15 ވަނަ ދުވަހު މެންދުރުފަހު 15:00ން ރޭގަނޑު 22:00 އަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS