Ads by Stelco

ޚަބަރު

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ނިންމާލައިފި

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ނިންމާލައިފި

ކޮޅުފުށީގައި ތަރައްޤީ ކޮށްފައިވާ ހައުސިން ޔުނިޓެއް- ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

12 ޖޫން 2025، 12:04

މ. ކޮޅުފުށީގައި ކުރިއަށް ގެންދިޔަ 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރިހަމަކޮށް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މ. ކޮޅުފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމިފައިވާކަމަށެެވެ. އެގޮތުން  މި މަޝްރޫޢަކީ 121،612،127.97 ރުފިޔާގެ ބަޖެޓެއްގައި ކުރިއަށް ގެންދެވުނު މަޝްރޫޢެއް ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓްރީއިން އިތުރަށް ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތުގެ 100 އިންސައްތަ ނިމި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭ ފެންވަރަށް ވަނީ މިހާރު ތައްޔާރުވެފައެވެ.

މި މަޝްރޫޢުގެ ދަށުން އެޅުނު 100 ހައުސިން ޔުނިޓަކީ ރަށުގެ ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމުގައި މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS