Ads by Stelco

ޚަބަރު

ޝައިޚް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައިފި

ޝައިޚް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައިފި

ޝައިޚް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ކުރިއަށްދަނީ- ފޮޓޯ: ހުރިހާ

11 ޖޫން 2025، 12:31

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މިއަދު މެލޭޝިއާގައި ބާއްވައިފިއެވެ. 

ޝައިޚް ފަރީދުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މެންދުރު ނަމާދަށްފަހު، މެލޭޝިއާގެ ސައިބަޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިﷲ މަސްޖިދުގަ އެވެ. އިމާމްވެ ކަށުނަމާދު ކުރެއްވީ ޝައިޚް ފަރީދުގެ ކޮއްކޮ އަދި ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދެވެ. ޝައިޚްގެ ޖަނާޒާ ކުރިއަށްދިޔަ ވަގުތު ޚިދުމަތް ޖަމްޢިއްޔާއިން ވަނީ އެމަންޒަރު ވަގުތުން ގެނެސްދީފައެވެ. 

މި ޖަނާޒާގައި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންނާއި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި މެލޭޝިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެފައިވެއެވެ.  

ޝައިޚް ފަރީދުގެ ޖަނާޒާ ރާއްޖޭގައި ބާއްވަން ހަށިގަނޑު މާލެ ގެންނަން އާއިލާއިން މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް ހަށިގަނޑު މެލޭޝިއާ އިން ގެންނަ ނަމަ، ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އާއިލާއިން ނިންމީ މެލޭޝިއާގައި ޖަނާޒާ ކުރިއަށްގެންދިއުމަށެެވެ.

މެލޭޝިއާގައި ޝައިޚް އަވަހާރަވުމާއި ގުޅިގެން ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޝައިޚް އިބްރާހިމް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ވަނީ ނިންމާފައެވެ. ޝައިޚް ފަރީދު އަވަހާރުވުމާއި ގުޅިގެން ތަޢުޒިޔާ ފޮނުއްވަވާ ވަޒީރު ވިދާޅުވީ، ޝައިޚް ފަރީދުއަކީ ޚިދުމަތްތެރި ޝަޚްސިއްޔަތެއްކަމަށާއި ވަރަށް ބޮޑެތި ޤުރުވާނީތަކެއްވެ ވަޑައިގަންނަވާފައިވާ ބޭފުޅެއްކަމަށެވެ.

"9 ޖޫން 2025 ގައި މެލޭޝިޔާގައި އަވަހާރަވި ރާއްޖޭގެ ޢިއްޒަތްތެރި އިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދުގެ މައްޗަށް އަންނަ ހުކުރު ( 13 ޖޫން 2025) ގައި ހުކުރު ނަމާދަށް ފަހު، މާލޭގެ އިތުރުން މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި ހުކުރު ކުރާ މިސްކިތްތަކުގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ." ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ތަޢުޒިޔާގެ ޕޯސްޓުގައި ވެއެވެ. 

ޝައިހް ފަރީދު އަވަހާރަވީ، ދީނީ މަސައްކަތެއްގަައި މެލޭޝިއާއަށް ފޭބި ވަގުތު އެއާޕޯޓުގައި ހުއްޓައެވެ. އަދި ޝައިޚްގެ ހަށިގަނޑު ފަސްދާނުލައްވާފައިވަނީ ޓަނާހް ޕެރްކުބުރަން ރައުދަތުލް ބާގީގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS