Ads by Stelco

ޚަބަރު

ރާއްޖޭގައި އެފްއޭއޯގެ އޮފީހެއް ހުޅުވާނެ ކަމުގެ ޔަގީންކަންދެން: އެފްއޭއޯގެ ޑީޖީ

ރާއްޖޭގައި އެފްއޭއޯގެ އޮފީހެއް ހުޅުވާނެ ކަމުގެ ޔަގީންކަންދެން: އެފްއޭއޯގެ ޑީޖީ

ވަޒީރު ޝިޔާމް އަދި އެފްއޭއޯގެ ޑީޖީ

10 ޖޫން 2025، 11:30

ދިވެހިރާއްޖޭގައި އެފްއޭއޯގެ އޮފީހެއް ހުޅުވާނެ ކަމުގެ ޔަގީންކަން އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ދެއްވައިފިއެވެ.

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް(އެފްއޭއޯ)ގެ އޮފީހެއް ރާއްޖޭގައި ގާއިމްކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އެފްއޭއޯ ގެ ޑިރެކްޓާ ޖެނެރަލް ދެއްވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ޔޫއެންއޯސީގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝިޔާމް ވަނީ އެފްއޭއޯ އިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެފްއޭއޯގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި އެންކަރޑް އެފްއޭޑީސް މަޝްރޫއު ހިންގުމަށް އެފްއޭއޯއިން ދިން އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރ ޝިޔާމް ވަނީ އެކަމަށްވެސް ޝުކުރުއަދާކުރައްވާފައެވެ. 

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކުގައި، ގުޅިގެން މަސައްކަތް ކުރެވެންހުރި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ކަނޑުގެ ފުރިހަމަ ގާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާއި، މެރިކަލްޗަރަށް އިންވެސްޓްކުރުން ފުޅާކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS