ދުނިޔެ

ޣައްޒާ ރައްޔިތުން ބަނޑަކަށް ނުޖެހޭ ، ހަދަނީ ދޮގު، އެމީހުން ވަރަށް ފަލަ : ނެތަންޔާހޫ

ޣައްޒާ ރައްޔިތުން ބަނޑަކަށް ނުޖެހޭ ، ހަދަނީ ދޮގު، އެމީހުން ވަރަށް ފަލަ : ނެތަންޔާހޫ

ޣައްޒާ ރައްޔިތުންނާއި ކުޑަކުދިންވަނީ އިސްރާއީލްގެ އަނިޔާވެރިކަމުގެ ސަބަބުން ބަނޑަށްޖެހިފަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2025، 07:25

08 ޖޫން 2025، 07:25

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ޣައްޒާގައި ކާބޯތަކެތި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމަށް ބުނެ ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރާ ތުހުމަތުތަކަކީ "ދޮގެއް" ކަމަށް ބުނެފައެވެ. އަދި ޣައްޒާގެ ރައްޔިތުން ވަރަށް ފަލަކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މި ވާހަކަތަކުން ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު ވަނީ ނެތަންޔާހޫއަށް ފާޑުކިޔާފައެވެ.

އަންގާރަ ދުވަހު ޖެރޫސަލަމްގައި ބޭއްވުނު އިންޓަނޭޝަނަލް ހޮލޯކޯސްޓް ރިމެމްބަރަންސް އެލަޔަންސް ކޮންފަރެންސްގައި ވާހަކަދައްކަމުން ނެތަންޔާހޫ ބުނީ ޣައްޒާގެ ރައްޔިތުން ބަނޑަށްޖެހި ނުކައި ތިބޭ ހާލަތެއްގައި "އެއްގޮތަކަށްވެސް" ނޫޅޭ ކަމަށެވެ.
"އަހަރުމެން އެތައްހާސް މީހުން ހައްޔަރުކޮށް، އާންމު ރައްޔިތުންނާއި ހަނގުރާމަވެރިން ވަކިކޮށް، އެމީހުންގެ ފޮޓޯ ނަގަން. ފުރަތަމަ ކަމަކަށް އެމީހުންގާތު ބުނަނީ، 'ގަމީސް ބާލަން، އަހަރުމެން ބަލަން ބޭނުން ގައިގައި ބޮން އަޅާފައި ނެތްކަން ޔަގީންކުރަން'... އަދި އެއްވެސް މީހަކު ނުފެނޭ، ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް އެއްވެސް މީހަކު ނުފެނޭ ނިކަމެތިވެފައި ހުރި މަންޒަރެއް،" އޭނާ ބުންޏެވެ.

"އަސްލު ފެންނަނީ އޭގެ އިދިކޮޅު. އެއީ އެހާ ގިނައިން ކަސްރަތު ނުކުރެވޭތީ، ޙާއްސަކޮށް ބިމުއަޑީގައި ޓަނަލްތަކުގަ އުޅޭއިރު ކަސްރަތު ނުކުރެވިދާނެ، އެކަމަކު ކާން ލިބޭ"

ނެތަންޔާހޫގެ މި ވާހަކަތަކުގެ ވީޑިއޯ އިންޓަނެޓުގައި އަވަހަށް ފެތުރިގެން ދިޔައެވެ. އދ އާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ތަކުރާރުކޮށް އަންގަމުން އަންނަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން އެހީ ހުއްޓުވާލުމުގެ ސަބަބުން ޣައްޒާގައި ބަނޑުހައިހޫނުކަން އިންތިހާއަށް ގޮސް، ބަނޑުހައިވެފައިވާ މީހުން ގިނަވެ، ބޮޑު ބަނޑުހައިވުމެއް ކުރިމަތިވުމުގެ ނުރައްކާ އޮތްކަމަށެވެ.

މާރިޗު 2 އިން ފެށިގެން އިސްރާއީލުން ވަނީ އެހީއާއި، ބޭސްފަރުވާއާއި، ކާބޯތަކެއްޗާއި، ތެލުގެ އެހީ ފޯރުކޮށްދިނުން މުޅިން ހުއްޓުވާލާފައެވެ. މިކަމުގެ ސަބަބުން ޣައްޒާގެ މުޅި އާބާދީ ވަނީ ބަނޑުހައިވުމުގެ "ނާޒުކު ނުރައްކަލެއްގައި" ކަމަށް އދ ގެ މާހިރުން ބުނެފައިވެއެވެ. އަދި ބަނޑުހައިވުމުގެ ސަބަބުން އެތަކެއް ކުޑަކުދިން މަރުވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS