ދުނިޔެ

ކައުބާގެ ކިސްވާ ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ކައުބާގެ ކިސްވާ ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ކައުބާގެ ކިސްވާ ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2025، 05:01

08 ޖޫން 2025، 05:01

ދެ ޙަރަމްފުޅުގެ ޚާދިމް، ސަޢޫދީ އަރަބިއްޔާގެ ބާދުޝާހު ސަލްމާން ބިން އަބްދުލްއަޒީޒް އާލު ސަޢޫދުގެ ފަރާތްޕުޅުން، މައްކާ ސަރަޙައްދުގެ ޑެޕިއުޓީ ގަވަރނަރު އަދި ޙައްޖާއި އުމްރާގެ ދާއިމީ ކޮމިޓީގެ ޑެޕިއުޓީ ޗެއަރމަން، އަމީރު ސަޢޫދު ބިން މިޝްއާލް ބިން އަބްދުލްއަޒީޒް ވަނީ މަސްޖިދުލް ޙަރާމްގެ އިސް ބެލެހެއްޓެވުންތެރިޔާއާ ކަޢުބާގެ ކިސްވާ ޙަވާލުކުރައްވާފައެވެ.

މި ޙަވާލުކުރެއްވުމުގެ ލިޔެކިޔުންތަކުގައި ސޮއިކުރެއްވީ ޙައްޖާއި އުމްރާގެ ވަޒީރު އަދި މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީގެ ކަންކަން ބެލެހެއްޓުމުގެ އާންމު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ތައުފީޤް އަލް-ރަބީޢާ އާއި މަސްޖިދުލް ޙަރާމްގެ އިސް ބެލެހެއްޓެވުންތެރިޔާ އަބްދުލްމަލިކް ބިން ޠާހާ އައް-ޝައިބީއެވެ.

މި ރަސްމިއްޔާތަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ފުރަތަމަ ދުވަހު ކުރިއަށް އޮތް ކަޢުބާގެ ކިސްވާ ބަދަލުކުރުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތެކެވެ.

އާ ކިސްވާ އުފެއްދީ ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސް ފޯ ހޯލީ ކަޢުބާ ކިސްވާ އިންނެވެ. މި ކިސްވާ އުފެއްދުމަށް ބޭނުންކޮށްފައިވަނީ ޤުދުރަތީ ކަޅު ކުލައިގެ ފަށުވިއެވެ. ކިސްވާގެ އުސްމިނަކީ 14 މީޓަރެވެ. އަދި އޭގެ މަތީ ތިންބައިކުޅަ އެއްބައިގައި 95 ސެންޓިމީޓަރުގެ ފުޅާމިނާއި 47 މީޓަރުގެ ދިގުމިނުގެ ބެލްޓެއް ހިމެނެއެވެ. މި ބެލްޓް އެކުލެވިގެންވަނީ ޤުރުއާނުގެ އާޔަތްތަކުން ފަރުމާކޮށްފައިވާ 16 ބައެއްގެ މައްޗަށެވެ.

ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ފެށުމުގައި ކަޢުބާގެ ކިސްވާ ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކާއި އިޖުރާއާތުތަކުގެ ތެރެއިން މި ރަސްމިއްޔާތަކީ އެއް ބައެވެ. މިއީ ކިސްވާ އުފެއްދުމުން ފެށިގެން ބަދަލުކުރުމުގެ މަސައްކަތް ނިމެންދެން ކޮންމެ މަރުޙަލާއަކަށް ސަޢޫދީ ސަރުކާރުން ދެއްވާ ސަމާލުކަމާއި އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS