ސައިންސް / ދުނިޔެ
650 އަށް ވުރެގިނަ ހަރުފައިގެ ވިހަ ހަށިގަނޑަށް ފޮނުވާ ، ޚާއްސަ އެންޓިވެނަމެއް އުފެއްދުމަށް މަސައްކަތްކުރާ މީހެއް

ޓިމް ފްރީޑް
ސެޕްޓެމްބަރ 11 ގެ ހަމަލާގެ ފަހުދުވަހު، ޓިމް ފްރީޑް ނަމަކަށް ކިޔާ އެމެރިކާގެ ރައްޔިތެއް ވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ދެ ހަރުފަވައަކަށް އޭނާގެ ހަށިގަނޑަށް ވިހަ ލުމުގެ ފުރުސަތު ދީފައެވެ. މިކަމުގެ ސަބަބުން އޭނާ ވަނީ ހަތަރު ދުވަހުގެ މުއްދަތަކަށް ކޯމާއަކަށް ގޮސްފައެވެ. މިއީ ފްރީޑްގެ ދިގު މުއްދަތެއްގެ ތަޖުރިބާތަކުގެ ފެށުމެވެ.
2000 އިން 2018 އަށް، ފްރީޑް ވަނީ 200 އަށްވުރެ ގިނަ ފަހަރު ހަރުފަ ވިހަ ލުމަށް ފުރުސަތު ދީފައެވެ. އަދި 650 އަށްވުރެ ގިނަ ފަހަރު އަމިއްލައަށް ހަރުފައިގެ ވިހަ އޭނާގެ ހަށިގަނޑަށް އަޅާފައިވެއެވެ. މިކަން އޭނާ ކުރީ ހަރުފައިގެ ވިހައަށް އިމިއުނިޓީ ހޯދުމަށް ކަމަށް ބުނެއެވެ.
ފްރީޑްގެ މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވި މަހު ސެލް ޖާނަލްގައި ޝާއިޢުކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި އޭނާގެ ލޭގައި ހުރި އެންޓިބޮޑީސްތަކަކީ ގިނަ ބާވަތްތަކެއްގެ ހަރުފައިގެ ވިހައިން ރައްކާތެރިކަން ދޭ އެއްޗެކެވެ. މި ހޯދުމުގެ ސަބަބުން، ދުނިޔޭގައި އުޅޭ 600 އަށްވުރެ ގިނަ ބާވަތުގެ ވިހަ ހަރުފައިގެގެ ވިހައަށް ރައްކާތެރިކަން ދޭ ޔުނިވަރސަލް އެންޓިވެނަމެއް އުފެއްދުމުގެ އުއްމީދު ވަނީ އިތުރުވެފައެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނާގޮތުގައި އަހަރަކު 138،000 އަށްވުރެ ގިނަ މީހުން ހަރުފަ ވިހަ ލުމުގެ ސަބަބުން މަރުވެއެވެ. އަދި 400،000 އަށްވުރެ ގިނަ މީހުންނަށް ހަރުފަ ވިހައިގެ ސަބަބުން އަތްފައި ބުރިކުރަން ޖެހުމާއި އެހެނިހެން ނުކުޅެދުންތެރިކަން ކުރިމަތިވެއެވެ. މި އަދަދުތަކަކީ ޙަޤީޤީ އަދަދުތަކަށްވުރެ މާ ކުޑަ އަދަދުތަކެއް ކަމަށް ޤަބޫލުކުރެވެއެވެ.
ފްރީޑްގެ މި މަސައްކަތުގެ ސަބަބުން، ހަރުފަ ވިހަލުމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އާ ހައްލެއް ލިބިދާނެ ކަމަށް ގިނަ ފަރާތްތަކުން އުއްމީދުކުރެއެވެ. އެހެންނަމަވެސް، ބައެއް ތަޖުރިބާކާރުން ވަނީ މިފަދަ ނުރައްކާތެރި ތަޖުރިބާތައް އިންސާނުންގެ މައްޗަށް ކުރުމުގެ ބަދަލުގައި އެހެން ގޮތްތައް ބޭނުންކުރުމަށް ހިތްވަރުދީފައެވެ.