Ads by Stelco

ޚަބަރު

ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ވަޒީރުންގެ ޓީމެއް މިނާ ފޭލިގެއަށް ޒިޔާރަތްކުރައްވައިފި

ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ވަޒީރުންގެ ޓީމެއް މިނާ ފޭލިގެއަށް ޒިޔާރަތްކުރައްވައިފި

ވަޒީރުންގެ ޓީމެއް މިނާ ފޭލިގެއަށް ޒިޔާރަތްކުރެއްވުން- ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

08 ޖޫން 2025، 11:49

ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ވަޒީރުންގެ ޓީމެއް މިނާ ފޭލިގެއަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައިސްގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ފޭލިގެތަކަށް ވަޑައިގަތީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މިވަގުތު މައްކާގައި ތިއްބެވި ވަޒީރުންގެ ޓީމުގައި ހިމެނޭ ފަރާތްތަކެވެ. މި ވަފުދު މިނާ ޓެންޓަށް ޒިޔާރަތް ކުރައްވާފައިވަނީ ރޭގައެވެ. މި ވަފުދުގައި ފޭލިގެއަށް ވަޑައިގަންނަވާފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރުގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލްއާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ. 

މި ޒިޔާރަތުގައި ވަޒީރުން ވަނީ ޙައްޖުވެރިންނާއި ޙައްޖު ކޯޕަރޭޝަން އަދި މުޠައްވިފްގެ ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ 1000 ޙައްޖުވެރިން، ޢަރަފާތާއި މުޛްދަލިފާގެ ރުކުން ފުރިހަމަ ކުރުމަށްފަހު ބޮޑު ޖަމްރާއަށް ހިލައުކާ ނިމި މިހާރު ވަނީ އިޙްރާމް ކަނޑާފައެވެ، އަދި މިވަގުތު ހުރިހާ ޙައްޖުވެރިންވެސް ތިބީ މިނާ ފޭލިގެތަކުގައި ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS