Ads by Stelco

ޚަބަރު

ސަޢޫދީގެ ވަލީއަޙުދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައިފި

ސަޢޫދީގެ ވަލީއަޙުދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައިފި

ސަޢޫދީގެ ވަލީއަޙުދު, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރެއްވުން

07 ޖޫން 2025، 10:18

ސަޢޫދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން,  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ސަޢޫދީ ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށް ވަޑައިގެންނެވި ޙައްޖު ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ރާއްޖެ އާއި ސަޢޫދީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެއްބާރުލުން ދެވިދާނެ ދާއިރާތަކާއިގުޅޭ މަޝްވަރާ ކުރައްވާފައިވެއެވެ.



މި ބައްދަލުވުމުގެ އިތުރުން ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން ޢަބްދުލް އަޒީޒުގެ ފަރާތްޕުޅުން އެ ޤައުމުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ޚާއްސަ ބައްދަލުކުރެއްވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މައްކާ ރޫޓް އިނީޝިއޭޓިވްގައި، ޚާއްޞަހުއްދައަކާ އެކު ދިވެހިރާއްޖެ ބައިވެރިކުރައްވާފައިވެއެވެ.  

މި ލިޔުން ކިޔާލުމުން

Ads by MSS