ޚަބަރު
އިއްޒަތްތެރިންގެ ޝަރަފުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގެންފި

އިއްޒަތްތެރިންގެ ޝަރަފުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގަތުން
ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މިއީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން ޢަބްދުލް އަޒީޒުގެ ފަރާތްޕުޅުން އެ ޤައުމުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ޚާއްސަ ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި އެކި ދައުލަތްތަކުގެ އިސްވެރިންނާއި، އިސްލާމީ ޢިލްމުވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ މެހުމާނުންނާއި، ވަފުދުތަކުގެ އިސްވެރިންނާއި، އަދި ޙައްޖު ކަންތައްތަކާ ބެހޭ އޮފީސްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ސައުދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންގެ އެންމެ އަރިހުގައި އިންނެވި އެއްބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ސައުދީ ސަރުކާރުން ދެއްވި ހާއްސަ ދައުވަތެއްގައި ޙައްޖުގެ އަޅުކަމަށް ވަޑައިގެންފައެވެ.
His Excellency President Dr @MMuizzu participates in the annual reception hosted by the #ولي_العهد Crown Prince and Prime Minister of Saudi Arabia Mohammed bin Salman, on behalf of #خادم_الحرمين_الشريفين Custodian of the Two Holy Mosques King Salman.
— The President's Office (@presidencymv) June 7, 2025
This reception was held… pic.twitter.com/7Bas1Uuvm7