ދުނިޔެ
އިލޮން މަސްކްއާ ދޭތެރޭ ނުވިސްނަން ، އޭނައާ އަނގައިން ބުނާކަށް ނޫޅެން : ރައީސް ޓްރަމްޕް

އެމެރިކާގެ ރައީސް އަދި އިލޮން މަސްކް ފޮޓޯ: އިންޓަނެޓް
މިވަގުތު ބިލިއަނަރު އީލޮން މަސްކްއާ މެދު އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، ކުރިއަށް އޮތް ތާނގައި މަސްކްއާ ވާހަކަދައްކަވާނެ ކަމަށް ނުފެންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ "އަހަރެން އީލޮންއާ މެދު އެއްވެސް ވިސްނުމެއް ނުގެންގުޅެން. އޭނާއާ އަހަންނާ މެދު މައްސަލައެއް ދިމާވެފަ އޮތް" ކަމަށެވެ.
މި ބަސްފުޅުތައް އައިސްފައިވަނީ ޓްރަމްޕާއި މަސްކް ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް ފާޑުކިޔައި، ދެމީހުންގެ ގުޅުން ނިމިގެންދިޔަކަން ފާޅުވެގެން ދިޔަ ފަހުންނެވެ.
މަސްކްއާ ފޯނުން ގުޅުއްވިންތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ "ނޫން. އަހަރެން ކުޑަ މުއްދަތަކަށް އޭނާއާ ވާހަކައެއް ނުދައްކާނަން. އެކަމަކު އަހަރެން އޭނާއަށް ހެޔޮއެދެން" މިފަދައިންނެވެ.