ދުނިޔެ

ހިތާމަވެރި ޢީދެއް: އިސްރާއީލްގެ ހަމަލާއެއްގައި އެތައްބަޔަކާއި ކުޑަކުދިން ޝަހީދުވެއްޖެ

ހިތާމަވެރި ޢީދެއް: އިސްރާއީލްގެ ހަމަލާއެއްގައި އެތައްބަޔަކާއި ކުޑަކުދިން ޝަހީދުވެއްޖެ

ޣައްޒާގައި ހަމަލާދީފައިވާ ސަރަޚައްދެއް ފޮޓޯ: އަލް ޖަޒީރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖޫން 2025، 03:20

06 ޖޫން 2025، 03:20

ޣައްޒާގެ ރައްޔިތުންނަށް އުފާވެރި ދުވަހަކަށް ވާންޖެހޭ ޢީދުލް އަޟްޙާގެ ދުވަސް ވެގެން ދިޔައީ ހިތާމައިގެ ދުވަހަކަށެވެ. އިސްރާއީލުގެ ވައިގެ ޙަމަލާތަކުގައި ކުޑަކުދިންނާއި ނޫސްވެރިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން މަރުވެ، ގޭގެއާއި ހޮސްޕިޓަލްތައް ވަނީ ފަނާވެގެން ގޮސްފައެވެ.

އިސްރާއީލުގެ ވައިގެ ހަމަލާތަކުން ޚާން ޔޫނިސްއާއި ޣައްޒާ ސިޓީއަށް އަލުން ޙަމަލާދީ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިއަދު ހިނގި ހިތާމަވެރި ހާދިސާއެއްގައި ހަމާލާއެއްގައި މަންމައަކަށް އޭނާގެ ދެ ދަރިންގެއްލިއްޖެއެވެ. ސިއްޙީ އިދާރާތަކުގެ މަޢުލޫމާތު ދޭގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 70 ފަލަސްޠީނު ރައްޔިތުން މަރުވެފައިވެއެވެ. މިއާއެކު އިސްރާއީލުގެ ޙަމަލާތައް ފެށުނީއްސުރެ މަރުވި މީހުންގެ އަދަދު 54،670 އަށް އަރާފައިވެއެވެ.

މުސްލިމުންގެ މިޤައްދަސް ދުވަހުގައިވެސް ޙަމަލާތައް ހުއްޓުމެއްނެތި ކުރިއަށް ދިޔައެވެ. މިކަމުގެ ސަބަބުން ފަލަސްޠީނު ރައްޔިތުންނަށް ޢީދު ނަމާދު ކުރުމަށް ނުވަތަ ޤުރުބާން ކަތިލުމަށްވެސް ފުރުޞަތެއް ނުލިބުނެވެ. އެތައްމަހެއް ވަންދެން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާ ކުރިމަތިލަމުންދާ ހޮސްޕިޓަލްތަކުން ބޭސްފަރުވާގެ ތަކެތީގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާކަމަށް ރިޕޯޓުކުރެއެވެ.

އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ވައިގެ ހަމަލާއެއް ދިނުމުގެ ސަބަބުން 4 ނޫސްވެރިން މަރުވެފައިވާކަމަށް ރިޕޯޓުކުރެވުނެވެ. މީޑިއާ ވޮޗްޑޮގްއިން މަޢުލޫމާތު ދޭގޮތުގައި އޮކްޓޯބަރު މަހުން ފެށިގެން މަރުވެފައިވާ ނޫސްވެރިންގެ އަދަދު މަދުވެގެން 225 އަށް އަރާފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS