ދުނިޔެ

ގޭމް އޮފް ތްރޯންސް އެކްޓަރު ލިއަމް ކަނިންގްހަމް އެހީހިފައިގެން ޣައްޒާއަށް

ގޭމް އޮފް ތްރޯންސް އެކްޓަރު ލިއަމް ކަނިންގްހަމް އެހީހިފައިގެން ޣައްޒާއަށް

ގޭމް އޮފް ތްރޯންސް އެކްޓަރު ލިއަމް ކަނިންގްހަމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ޖޫން 2025، 05:47

05 ޖޫން 2025، 05:47

ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޭމް އޮފް ތްރޯންސް އެކްޓަރު ލިއަމް ކަނިންގްހަމް ހިމެނޭ އުޅަނދެއް ގާޒާއަށް ދަތުރުކުރަމުންދާއިރު، އެ އުޅަނދު ހުއްޓުވުމަށް އިސްރާއީލުން ތައްޔާރުވެފައިވާކަމަށް އެ ގައުމުގެ ސިފައިންގެ އިސް އޮފިޝަލެއް ބުނެފިއެވެ.
ސްވީޑިޝް މޫސުމީ ހަރަކާތްތެރިޔާ ގްރެޓާ ތުންބާގްގެ އިތުރުން ލިއަމް ކަނިންގްހަމް ހިމެނޭ ގޮތަށް 12 ބައިނަލްއަގްވާމީ ހަރަކާތްތެރިން ބައިވެރިވާ މި ދަތުރު ފެށީ އާދީއްތަ ދުވަހު ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފްއެފްސީ)ގެ މަޑްލީން އުޅަނދުގައެވެ. މި އުޅަނދުގައި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި އެކުލެވެއެވެ.
އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް)ގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ދަ ޓައިމްސް އޮފް ލަންޑަނަށް ވިދާޅުވީ މިފަދަ ހާލަތްތަކަށް އެ ގައުމުގެ ސިފައިން ތައްޔާރުވެފައިވާ ކަމަށެވެ. ނަމަވެސް އެ އުޅަނދާ މެދު އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލު އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
އެފްއެފްސީން ބުނީ މި މިޝަނަކީ އިސްރާއީލުން ޢައްޒާއަށް އަޅާފައިވާ ގާނޫނާ ޚިލާފު ބްލޮކޭޑް އަދި  އިތުރުވަމުންދާ ހަނގުރާމައިގެ ކުށްތަކަށް ގޮންޖެހުމަށް ކުރާ އަނިޔާވެރިކަމެއް ނެތް ސީދާ ހަރަކާތެއް ކަމަށެވެ. މި ދަތުރަކީ އިސްރާއީލުން 90 ދުވަހަށްވުރެ ގިނަ ދުވަހު ޣައްޒާއަށް އަޅާފައިވާ ފުރިހަމަ ބްލޮކޭޑް ތެރޭގައި ކުރެވޭ ދަތުރެކެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS