Ads by Stelco

ޚަބަރު

ރ. އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

ރ. އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

ރ. އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމާގުޅޭ މަޝްވަރާތައް ކޮށްފައިވޭ- ފޮޓޯ:ދަތުރުފަތުރާބެހޭ ވުޒާރާ

05 ޖޫން 2025، 02:52

 ރ. އަތޮޅުގައި ގައި އާރްޓީއެލް ފެރީގެ ޚިދުމަތް މިމަހު ފެށުމަށް ނިންމާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ޚިދުމަތް ދިނުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވާން ފަށާފައިވާކަމަށެވެ. މީގެ އިތުރުން މިކަމުގެ މަޢުލޫމާތު ޙިއްޞާ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަދި އެމް.ޓީ.ސީ.ސީގެ މުވައްޒަފުން އެ އަތޮޅަށް ކޮންސަލްޓޭޝަން ދަތުރުތަކެއް ފަށާފައިވާކަމަަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ. 

އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި، ރ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރަށު ކައުންސިލްގެ އިދާރާތަކާއި ރަށުގެ މުހިންމު މުއައްސަސާތަކުގެ ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރ. އަތޮޅުގެ ރަށްރަށުގައި ފެރީ ގިމަތަ އެޅުމަށް އެންމެ އެކަށީގެންވާ ސަރަޙައްދުތައް ދެނެގަތުމާއި، އެކަމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރުން ކަމުގައެވެ. މިއީ އާރް.ޓީ.އެލް ފެރީ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެވެ. 

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެ ސަރުކާރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ޚިދުމަތް ފެށުމުން ރ.އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަމާއިއެކު އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން ރ. އަތޮޅުގެ ހުރިހާ ރަށަކަށް ޤަވާޢިދުން ފެރީ ދަތުރުތައް ކުރެވޭނެ ގޮތަށް ތާވަލެއް އެކުލަވާލެވޭނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS