Ads by Stelco

ޚަބަރު

ޖަލު އޮފިސަރުން މަސައްކަތް ކުރަމުން ގެންދަނީ މުޅި ޤައުމުގެ މަސްލަހަތަށް: ސީޕީ

ޖަލު އޮފިސަރުން މަސައްކަތް ކުރަމުން ގެންދަނީ މުޅި ޤައުމުގެ މަސްލަހަތަށް: ސީޕީ

ކޮމިޝަނަރ އޮފް ޕްރިޒަންސް  ޙަސަން ޒަރީރު- ފޮޓޯ ޕްރިޒަަންސް

05 ޖޫން 2025، 12:43

 ކަރެކްޝަންސްއަށް ބޭނުންވަނީ ޢިލްމީ އޮފިސަރުންކަމުގައި އާއި ޖަލުތަކުގައި މަސައްކަތްކުރަމުން ގެންދާ ހީވާގި، މުރާލި އޮފިސަރުން މި މަސައްކަތްކުރަމުން ގެންދަނީ މުޅި ޤައުމުގެ މަސްލަހަތަށްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން "ކަރެކްޝަނަލް އޮފިސަރ ޓްރޭނިންގ ޕްރޮގްރާމް" ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ ދަސްވެނިންނަށް މަރުޙަބާ ދަންނަވާފައެވެ. 

ސީޕީ އިތުރަށް ވިދާޅުވީ އެގޮތުން ކަރެކްޝަންސްގައި މިހާރުވެސް ޢިލްމީ ބޭފުޅުންނާއި 20، 30 އަހަރު ވަންދެން ޚިދުމަތް ކުރައްވަމުންގެންދަވާ ތަޖުރިބާކާރު އޮފިސަރުން ތިއްބެވިކަމަށެވެ. ކޮމިޝަނަރ ވަނީ ދަސްވެނިވި ނުވަ އޮފިސަރުންނަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރެއްވުމަށާއި ދިއްކޮށްލާ ޕާރްސަލް ނުވަތަ ދޭ ފައިސާއަށް ނުހެއްލުމަށް ނަޞޭޙަތްތެރިވެފައެވެ. 

މި ރަސްމިއްޔާތުގައި ކޯސް ކުރިއަށް ދިޔަ ގޮތުގެ ރިޕޯޓް ހުށަހެޅުމާއި ދަސްވެނިވި 7 ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. އަދި މި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި ޓްރޭނީންނަށް ޕްރިޒަން އޮފިސަރުންގެ ޙުވާ ލާދެއްވީ މާފުށީ ކޯޓްގެ ޣާޒީ، ފަނޑިޔާރު އަލްއުސްތާޛް ޖިނާން އިބްރާހިމް ލަޠީފްއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS