ކޮލަމް

ކާޅެއްގެ ފުޓުބޯޅައިގެ ހުނަރު ވައިރަލްވެ " ކްރޯނާލްޑީނޯ" ގެ ނަން ދީފި

ކާޅެއްގެ ފުޓުބޯޅައިގެ ހުނަރު ވައިރަލްވެ " ކްރޯނާލްޑީނޯ" ގެ ނަން ދީފި

ކާޅު ފުޓްބޯޅަ ކުޅޭ ވީޑިއޯގެ ސްކްރީން ޝޮޓެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖޫން 2025، 04:05

04 ޖޫން 2025، 04:05

އިންޑިއާގެ ގޯވާގައި ކާޅަކާއި ކުޑަކުއްޖަކު ފުޓްބޯޅަ ކުޅެނިކޮށް ނެގި ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. މި ވީޑިއޯގައި ކާޅު އޭގެ ތުނބުން ބޯޅަ ޕާސްކުރަމުންދާއިރު، ކުޑަކުއްޖާ މަޑުމަޑުން ބޯޅަ އަނބުރާ ޕާސްކުރަމުންދާ މަންޒަރު ފެންނަން ހުއްޓެވެ.

ކާޅާއި ކުޑަކުއްޖާ ބޯޅަ ފާސްކުރަމުންދާ މަންޒަރު އިންޓަނެޓްގައި ގިނަ ބަޔަކު ވަނީ ކަމުދާ އެއްޗެއްގެ ގޮތުގައި ފާހަގަކޮށް ވީޑިއޯ ވައިރަލްވެފައެވެ. ވީޑިއޯއަށް ކޮމެންޓްކޮށްފައިވާ ގިނަ ބަޔަކު ވަނީ ކާޅުގެ ޕާސްކުރުމުގެ ހުނަރަށް ތަޢުރީފުކޮށްފައެވެ.

ކާޅުގެ ބޯޅަ ޕާސްކުރުން އިންޑިއާގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަށްވުރެ ރަނގަޅުކަމަށް އެވީޑިއޯއަށް ކޮމެންޓްކުރި މީހަކު ބުނެފައިވެއެވެ. މިފަދަ ތަޢުރީފުގެ އެތައް ކޮމެންޓެއް ވަނީ މިވީޑިއޯއަށް ލިބިފައެވެ.



ފުޓްބޯޅައާއި ދޫނިސޫފާސޫފީގެ ގުޅުމަކީ އައު ކަމެއް ނޫނެވެ. 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސިންގަޕޫރުގެ މަނީ ނަމަކަށް ކިޔާ ގުރައެއް ވަނީ ނޮކްއައުޓް މެޗުތަކުގެ ނަތީޖާ ރަނގަޅަށް ލަފާކޮށް ބައިނަލްއަގުވާމީ މަޝްހޫރުކަން ހޯދާފައެވެ.

މި ވީޑިއޯ ވައިރަލްވެފައިވަނީ ޔޫއެފާ ނޭޝަންސް ލީގުގެ ނޮކްއައުޓް މެޗުތައް ފެށުމާ ދިމާކޮށެވެ. 

                    

މި ލިޔުން ކިޔާލުމުން

Ads by MSS