ދުނިޔެ

ދެވަނަ ބޮޑު ހަނގުރާމައިގެ ބޮންތަކެއް ނައްތާލަން  20،000 އަށްވުރެ ގިނަ މީހުން އެސަރަޚައްދުން ބަދަލުކޮށްފި

ދެވަނަ ބޮޑު ހަނގުރާމައިގެ ބޮންތަކެއް ނައްތާލަން  20،000 އަށްވުރެ ގިނަ މީހުން އެސަރަޚައްދުން ބަދަލުކޮށްފި

ބޮން ނައްތާލުމަށް ފެންސުޖަހާ ތައްޔާރުކޮށްފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖޫން 2025، 01:49

04 ޖޫން 2025، 01:49


ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން އުކާލާފައިވާ ތިން ބޮމެއް ނައްތާލުމަށްޓަކައި ޖަރުމަނުގެ ކޮލޯން ސިޓީގެ 20،000 އަށްވުރެ ގިނަ ރައްޔިތުން އެ ސަރަހައްދުން ސަލާމަތްކުރެވިއްޖެއެވެ. މި ބޮންތައް ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހު މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 80 އަހަރު ފާއިތުވެފައިވީ ނަމަވެސް، ޖަރުމަނުގައި މިފަދަ ބޮންތައް އޮންތައް އަދިވެސް ފެންނަމުންދާކަމަށް ބުނެވެއެވެ. މިފަހަރު ބޮން ފެނިފައިވަނީ ރައިން ކޯރުގެ އަނެއްފަރާތުގައިވާ ޑޮއިޓްޒް ސަރަހައްދުންނެވެ. މި ސަރަހައްދަކީ ކޮލޯންގެ ތާރީޚީ މަރުކަޒާ ކައިރި ސަރަހައްދެކެވެ.
ބޮންތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ސަރަހައްދުގެ 1،000 މީޓަރުގެ ތެރޭގައި ހިމެނޭ 58 ހޮޓާ، 9 ސްކޫލް، އެތައް މިއުޒިއަމްތަކަކާއި އޮފީސް އިމާރާތްތަކާއި މެސެ/ޑޮއިޓްޒް ރެއިލް ސްޓޭޝަން ވަނީ ބަންދުކުރެވިފައެވެ. މީގެ އިތުރުން ރައިން ކޯރު މަތިން އޮންނަ ތިން ފާލަމެއްވެސް ބަންދުކުރެވޭނެއެވެ. މީގެ ތެރޭގައި ހިމެނޭ ހޮހެންޒޮލަން ރެއިލްވޭ ބްރިޖަކީ ވަރަށް ބޮޑަށް ބޭނުންކުރެވޭ ފާލަމެކެވެ.
މި އެވެކުއޭޝަނަކީ 1945 ވަނަ އަހަރުން ފެށިގެން ކޮލޯންގައި ކުރެވުނު އެންމެ ބޮޑު އެވެކުއޭޝަން ކަމަށް ބުނެވެއެވެ. ނަމަވެސް ޖަރުމަނުގެ އެހެން ސިޓީތަކުގައި މިއަށްވުރެ ބޮޑެތި އެވެކުއޭޝަންތައް ކުރެވިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ބޮންތައް ނައްތާލުމުގެ މަސައްކަތް މިއަދުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދުކުރެވެއެވެ. ނަމަވެސް މި މަސައްކަތް ނިމޭނެ ވަގުތެއް ކަނޑައެޅިގެން ބުނަން ދަތިވާނެ ކަމަށް އިސްވެރިން ބުނެފައިވެއެވެ. އެއީ އެ ސަރަހައްދުން އެންމެން ނެރެ ނިމުމަށް ހޭދަވާނެ ވަގުތު ކަނޑައެޅިގެން ނޭނގޭތީއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS