ދުނިޔެ

މައްކާގައި ހުރި މޮބައިލް ސްޓްރޯކް ޔުނިޓުން ޔުގަންޑާގެ ޙައްޖުވެރިއެއްގެ ފުރާނަ ސަލާމަތްކޮށްފި

މައްކާގައި ހުރި މޮބައިލް ސްޓްރޯކް ޔުނިޓުން ޔުގަންޑާގެ ޙައްޖުވެރިއެއްގެ ފުރާނަ ސަލާމަތްކޮށްފި

މައްކާގައި ހުރި މޮބައިލް ސްޓްރޯކް ޔުނިޓު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖޫން 2025، 05:36

03 ޖޫން 2025، 05:36

މައްކާގެ މަސްޖިދުލް ޙަރާމްގައި ހުންނަ މޮބައިލް ސްޓްރޯކް ޔުނިޓަކުން ޔުގަންޑާގެ ޙައްޖުވެރިއެއްގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ޔުނިޓަކީ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުން ހިންގާ ޔުނިޓެކެވެ.

މަސްޖިދުލް ޙަރާމްގެ ތެރޭގައި ހުއްޓައި މި ޙައްޖުވެރިޔާއަށް ވަނީ ސިކުޑީގެ ލޭނާރެއް ފަޅައިގެންގޮސް ކުއްލިހާލަތެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން އޭނާ ވަނީ ހޭނެތިފައެވެ. ނަމަވެސް އަވަސް ފަރުވާގެ ސަބަބުން އޭނާގެ ޙާލަތު ރަނގަޅުކުރުމަށްފަހު، އިތުރު ފަރުވާ ދިނުމަށްޓަކައި ކިންގް އަބްދުލްއަޒީޒް ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ.

މި ޙާދިސާއަކީ ސައުދީ އަރަބިއްޔާގެ ޞިއްޙީ ނިޒާމުގެ ފުރިހަމަކަން ދައްކުވައިދޭ ކަމެކެވެ. މިއީ ސައުދީ ވިޝަން 2030 ގެ ދަށުން ހިންގޭ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ޕްރޮގްރާމާއި ޙައްޖުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމުގެ ޕްރޮގްރާމުގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވުނު ކަމެކެވެ.

މެދުއިރުިރުމަތީގައި މިފަދަ ހަމައެކަނި މޮބައިލް ޔުނިޓަކީ މިއީއެވެ. މި ޔުނިޓުގައި ނިއުރޮލޮޖިސްޓެއް، ކާޑިއޮލޮޖިސްޓެއް، ރެސްޕިރޭޓަރީ ތެރަޕިސްޓެއް، އިމަޖެންސީ ނަރުހެއް، ރޭޑިއޮލޮޖީ ޓެކްނީޝަނެއް އަދި ޕެރަމެޑިކެއް ހިމެނޭ ފުރިހަމަ މެޑިކަލް ޓީމެއް ހިމެނެއެވެ. މީގެ އިތުރުން ސީޓީ ސްކޭންހަދާ އިނތިޒާމާއި ޑޮކްޓަރެއްވެސް ހުރެއެވެ.

ޔުގަންޑާގެ ޙައްޖުވެރިޔާއަށް ކްރިޓިކަލް ކެއަރ ލިބުނީ އެންމެ 16 މިނެޓުގެ ތެރޭގައެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެވިފައިވާ 60 މިނެޓުގެ ފަރުވާގެ ވަގުތުގެ ހަވަނަ ބައެވެ. މިހާރު އޭނާގެ ޙާލަތު ވަނީ ރަނގަޅުވެފައެވެ. އަދި ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށް މަގުފަހިކުރުމަށްޓަކައި ރީހެބިލިޓޭޝަން ދަނީ ކުރިއަށެވެ.

ސައުދީ އަރަބިއްޔާގެ ޞިއްޙީ ނިޒާމުން ޙައްޖުވެރިންނަށް ފުރިހަމަ ޞިއްޙީ އަދި ރައްކާތެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދެއެވެ. އަދި ޙައްޖުގެ އަޅުކަން ރައްކާތެރިކަމާއެކު އަދާކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS